ads
--------
އިންޑިއާ އިން ދިވެހިންނަށް 39 ސްކޮލާޝިޕް ހުޅުވާލައިފި
މަތީ ތައުލީމް ހާސިލުކުރުމަށް ދިވެހިންނަށް 39 ސްކޮލާޝިޕަކަށް ކުރިމަތިލުމުގެ ފުރުސަތު އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރު) އިން ހުޅުވާލައިފި އެވެ.

އައިސީސީއާރުން ބުނީ ބެޗްލާސް ޑިގްރީ އިން ފެށިގެން މާސްޗާސް އާއި ޕީއެޗްޑީ ޕްރޮގްރާމު ކިޔެވުމުގެ ފުރުސަތު މި ސްކޮލާޝިޕްތަކުގެ ދަށުން ލިބޭނެ އެވެ. 

އެ ސްކޮލާޝިޕްތަކުގެ ދަށުން އާޓް، ސައިންސް އަދި އިންޖީނިއަރިން އާއި ލޯ އަދި ޓޫރިޒަމް ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަން ލިބޭނެ އެވެ.

މި ސްކޮލާޝިޕްތަކަށް އެދުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ ފަހު ދުވަހެވެ. އެގޮތުން އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ވެބްސައިޓް މެދުވެރިކޮށެވެ. އެކަމާއި ގުޅިގެން ހުށަހަޅަން ޖެހޭ ހުރިހާ ލިޔެކިޔުމެއް ހުށަހަޅަން ވަނީ އެދިފަ އެވެ.

އެ ސްކޮލާޝިޕްތަކަށް ހުށަހެޅޭނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ޕީއެޗްޑީއަށް ކުރިމަތިލާ ފަރާތްތްކަކީ 45 އަހަރުން ދަށުގެ މީހަކަށްވާން ޖެހެ އެވެ.  

މި ސްކޮލާޝިޕްގެ ދަށުން ކިޔެވޭނީ އިންޑިއާގެ ސްޓޭޓް ނުވަތަ ސެންޓްރަލް ޔުނިވާސިޓީއެއް މެދުވެރިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް