ads
ޑރ. މުހައްމަދު އިޔާޒް
އެމްއެންޔޫއިން ޑރ. އިޔާޒުގެ ސަސްޕެންޝަން އުވާލައިފި
ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ސަސްޕެންޑްކުރިި ޑރ. މުހައްމަދު އިޔާޒުގެ ސަސްޕެންޝަން އުވާލައިފި އެވެ.

އެސިސްޓަންޓް ޕްރޮފެސާގެ މަގާމުން ޑރ. އިޔާޒު ސަސްޕެންޑްކުރީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. އަދި އޮފީހަށް ނުކުތުން މަނާކޮށްފައި އޮތް އޮތުން ނިމިފައިވާކަން އެމްއެންޔޫ އިން ވަނީ މިއަދު ޑރ، އިޔާޒަށް އަންގާފަ އެވެ. 

ޑރ، އިޔާޒު ސަސްޕެންޑުކުރީ 14 ދުވަހުގެ މުއްދަތަކަށެވެ.

އެމްއެންޔޫގެ އެޗްއާރުން ސަސްޕެންޑު ކުރި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ޑރ. އިޔާޒު ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކުގެ ސަބަބުން އާންމުނަށް އެކަމުގެ ނުރަނގަޅު އަސަރުކުރާތީ އެކަން ތަހުގީގު ކުރުމަށް ކަމަށެވެ.

މިފަހުން ޑރ. އިޔާޒު ވަނީ އެޗްޕީއޭއިން މިސްކިތުގައި ގައިދުރުކޮށް ޖަމާއަތް ހެދުމަށް އަންގާފައިވާތީ އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފަ އެވެ. އެގޮތުން ގައިދުރުކޮށް އަޅުކަން ކުރުމަކީ އެހެން ދީންތަކުގެ މީހުންގެ އާދައެއް ކަމުން އެކަން މުސްލިމުންކޮށްގެން ނުވާނެ ކަމަށް ޑރ. އިޔާޒު ވިދާޅުވެ އެވެ. 

އެފަދަ ޕޯސްޓްތަކާއި ގުޅިގެން ޑރ. އިޔާޒަށް އާންމުންގެ ފާޑުކިޔުންތައް ވެސް ކުރިމަތިވެ އެވެ. އެކަމަކު ހައްގު ބަސް ބުނުމުގައި ދެމިހުންނާނެ ކަމަށް ޑރ. އިޔާޒު އަންނަނީ ވިދާޅުވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް