ads
------
25 ހަފްތާއިން ސަލާމަތްވި ކުއްޖެއް، މިހާރު ހަ އަހަރު!
ބަނޑަށް ފަސް މަހުގައި ބަނޑުގައި ރިއްސާތީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ދިޔުމުން ދެ ދުވަސް ވަންދެން އެޑްމިޓްކޮށްފައި ދުވަސްނުފުރާ އަންހެން މިހާ "ވިހެމާއި" ހަމައަށް ދަރިފުޅަށް ދޭންވާ ސިއްހީ ފަރުވާ ނުދިން މައްސަލައެއް ފެންމަތިވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެ ހޮސްޕިޓަލަށް އަމާޒުވެފަ އެވެ.

މިކަމުގައި ހޮސްޕިޓަލުން ބުނެފައި ވަނީ މާބަނޑު މީހެއްގެ ބަނޑަށް 22 ހަފުތާ ވުމުގެ ކުރިން ބަނޑުގައިވާ ދަރިފުޅު މަރުވެއްޖެނަމަ ނުވަތަ ވިހައިފިނަމަ އެހާލަތުގައި ހޮސްޕިޓަލުން ބަލާނީ ދަރިފުޅު ބައިގެން ދިޔައީ ކަމަށެވެ. މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެއްޖެނަމަ ނުވަތަ ވަކި އުމުރެއްގެ ކުރިން ވިހައިފިނަމަ އެކަން ބަލަނީ ސްޕޮންޓޭނިއަސް އެބޯޝަން ނުވަތަ ބައިގެން ދިޔުމަށް ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ. 

ކޮންމެ ފުރާނައަކީވެސް އަގު ހުރި ފުރާނައެއް ކަމަށާއި އެކަމަކު ފަރުވާއަކީ އިލާހީ ގާނޫނުތަކުގެ އިތުރުން ސައިންޓިފިކް އަދި ސިއްހީ ގޮތުން މިހާތަނަށް ހޯދިފައިވާ އެކި ހޯދުންތަކާއި ބައެއް ހާލަތްތަކުގައި އެނގި ކަށަވަރުވެފައިވާ އިލްމުގެ މައްޗަށް ބިނާވާ ކަމެއް ކަމަށް ވެސް ހޮސްޕިޓަލުން ބުނެ އެވެ. އަދި ބަނޑަށް 32 ހަފުތާ ވުމުގެ ކުރިން، 12 ވަނަ ހަފުތާއިން ފެށިގެން ވެސް ކުއްޖާގެ ވިންދު ހުންނާނެކަން ފާހަގަކޮށް އައިޖީއެމްއެޗުން ބުނަނީ ކުއްޖާގެ ވިންދު ހުރިނަމަ ވެސް މިގޮތަށް ބައިގެންދާ ކުދިންގެ ފުރާނަ ސަލާމަތެއް ނުކުރެވޭނެ ކަމަށެވެ. 

ކޮންމެއަކަސް، އެ ފެންމަތިވި ހާދިސާއާއެކު ސޯޝަލް މީޑިއާގައި ކަންބޮޑުވުމާއި ނުރުހުން ފެނިގެންދިޔަ އެވެ. ކުއްޖާގެ ވިންދު ހުރިހާ ހިނދަކު އެކުއްޖާ ސަލާމަތްކުރަން ކުރެވެން އޮތް ކަމެއް ކުރުމަކީ ހޮސްޕިޓަލުގެ ޒިންމާއެއްކަމަށް މީހުން ދިޔައީ ބުނަމުންނެވެ. 

މި ވާހަކަތައް ސޯޝަލް މީޑިއާގައި ގަދަވެފައިވާއިރު އެކި މީހުން އަންނަނީ އެމީހުންގެ ހަޔާތުގެ ވާހަކަތައް ހިއްސާކުރަމުންނެވެ. މިގޮތުން ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދަނީ އަންހެނަކު އޭނާގެ ދަރިފުޅަކީ ބަނޑަށް 25 ހަފްތާގައި ވިހޭ ކުއްޖެއް ކަމަށާއި އެ ކުއްޖާއަށް މިހާރު ހަ އަހަރުވެފައިވާ ކަމަށް ބުނެފަ އެވެ. ކުޑަކުޑަ މަަސައްކަތަކުން ފުރާނައެއް ސަލާމަތް ކުރެވިދާނެ ކަމަށް ވެސް އެ ޕޯސްޓްގައި އަންހެން މީހާ ބުނެފައިވެ އެވެ. 

އެ އަންހެން މީހާ ވަނީ ދަރިފުޅުގެ އެހާރާއި މިހާރުގެ ފޮޓޯއެއް ވެސް ހިއްސާކޮށްފަ އެވެ. 

your imageއެ ކުއްޖާ--

ޑޮކްޓަރުން ބުނާ ގޮތުގައި ދުވަސް ނުފުރާ ވިހާ ކުދިން ސަލާމަތްވެދާނެ އެވެ. އެއީ 22 ހަފްތާ އާއި 37 އާ ދެމެދުގައި ވިހާ ކުދިން

އެކަމަކު ބައިގެންދާ ކުދިން ނާސަރީއަށް ލައިގެން އިންޓެންސިވް ކެއާދީގެން ސަލާމަތްކުރެވިދާނެ ކަމަށް ބުނެ އެވެ. އަދި 22 ހަފްތާ ނުވާ، 500 ގްރާމް ވެސް ނުހުންނަ ކުދިންވާނީ ބައިގެންދާކުދިންނަށް ކަމަށް ބުނެ އެވެ. 

އެގޮތުން ބައިގެންދާ އެފަދަ ކުދިންގެ ގުނަވަންތައް އުފެދިފައި ނުވާނަމަ، އިންޓެންސިވް ކެއާއަށް އަދި ވެންޓިލޭޓަރަށް ލައިގެން ވެސް އެކުދިން ސަލާމަތްކުރަން ދަތިވާނެ ކަމަށް ޑޮކްޓަރު ބުންޏެވެ. އަދި އެއްވެސް ހާލެއްގައި ދިރިނޯންނާނެކަން ޔަގީންވުމުން އެހާ އިންޓެންސިވްކޮށް ފަރުވާކުރުން ނުވަތަ ވެންޓިލޭޓަރަށް ލުމަކީ އެކުދިންނަށް ދެވޭނެ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ވެސް ބުނެ އެވެ. 

އާންމުންގެ މެދުގައި ކަންބޮޑުވުން އިންތިހާއަށް އުފެދިފައިވާ މި މައްސަލާގައި ދީނީ އިލްމުވެރިޔާ ޑރ. އަލީ ޒައިދު ވިދާޅުވަނީ ފުރާނަ އަޅުވާފައިވާ ކޮންމެ ނަފްސެއްވެސް، އޭގެ އެންމެ ފަހު ވަގުތާ ޖެހެންދެން އެ ނަފްސެއް ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭނެ ކަމަށެވެ. 

72%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް