ads
އިނގިރޭސި ވިލާތުގެ އެފް އޭގެ ޕްރެކަޓިސް
ފުޓުބޯޅައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ!
އިނގިރޭސި ވިލާތިގަައި ފުޓްބޯލް އެސޯސިއޭޝަނުގެ އިހުމާލުން ގިނަ އަދަދެއްގެ ކުދިން ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާކަން ހާމަވެެއްޖެއެވެ.

މިގޮތުން އެގައުމުގެ އެފްއޭ އިން ހެދި އޮޑިޓެއް ބުނާގޮތުން 1995 ވަނަ އަހަރުން ފެށިގެން 2000 ވަނައަހަރާއި ހަމައަށް މިފަދަ މައްސަލަތަކުގައި ފިޔަވަޅުއެޅުން ދިޔައީ ވަރަށް ދޯދިޔާކޮށެވެ. 

އެ މުއްދަތުގެ ތެރޭގައި ފުޓުބޯޅަކުޅެން މަސައްކަތްކުރި 692 ކުއްޖަކަށް ވަނީ ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައެވެ. އަދި މިފަދަ ތުހުމަތުތައް 240 މީހެއްގެ މައްޗަށް ވަނީ އުފުލާފައެވެ. 

މި މުއްދަތުގެ ތެރޭގައި ޖިންސީގޯނާ ކުރި ގިނަ އަދަދެެެއްގެ ބަޔަކާމެދު ފިޔަވަޅުއަޅަން ފެއިލްވިކަމަށް ވެސް ވަނީ އެ ރިޕޯޓުގައި ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް