ads
ނިމްޝާ--
ނިމްޝާ ނޭފަތް ތޮރުފީތަ؟
މޯލްޑިވިއަންގެ ކެބިން ކްރޫއެެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި ނިމްޝާ ޒާހިރުގެ ނަން، ދިވެހިންގެ ތެރޭގައި ވައިގައި ހިފީ ޓިކްޓޮކުންނެވެ.

އޭނާ ކުޅޭ ޓިކްޓޮކްތަކަށް އެތައް ބައެއްގެ ސަމާލުކަން ލިބި މިއަދު އޭނާއަކީ ރާއްޖޭގެ ޓިކްޓިކް ތަރިންގެ ތެރެއިން އެންމެ މަޝްހޫރު އެއް ނަމެވެ. ނިމްޝާ ނޭނގޭ މީހަކު މިއަދު ރާއްޖޭގައި ނެތޭ ބުންޏަސް ދޮގަތަކަށް ނުވާނެ އެވެ. 

އާންމުންގެ ތެރޭގައި މީހަކު މާގަދަޔަށް މަގްބޫލުވުމުން އެމީހަކު އުޅޭ ނޫޅޭ ގޮތް ބެލުމަކީ އިންސާނުންގެ ކަށީގައި ހިފާފައި ހުންނަ އާދައެކެވެ. މިގޮތުން ނިމްޝާ އުޅޭ ނޫޅޭ ގޮތް ބަލާނެ އެތައް ބަޔަކު ވެސް ތިބޭނެ ކަމާއި މެދު ޝައްކެއް ނެތެވެ. 

"ތޮރުފި ހެއާ އާޓް" އިންސްޓަގްރާމު ޕޭޖުން ނިމްޝާ، ނޭފަތް ތޮރުފާފައި ހުރި ފޮޓޯއެއް ފެނި، އެތައް ބައެއްގެ ސަމާލުކަން މިވަނީ ލިބިފަ އެވެ. އެގޮތުން ހަގީގަތުގައި ވެސް އޭނާ ނޭފަތް ތޮރުފީތޯ ސުވާލު އުފައްދަ އެވެ. 

ކޮންމެއަކަސް، ނޭފަތް ތޮރުފުމަކީ ދިވެހިން އަންހެން ކުދިންގެ މެދުގައި އާންމު ކަމެއް ވެސް މެ އެވެ.

ޓްރުތު އޯ ޑެއާ ކުޅެން އުޅުމުގެ ތެރެއިން ޑެއާ ޖެހުމުން، ނިމްޝާ މިދޭތެރެއަކުން ވަނީ ޓިކްޓޮކް ކުޅުން ހުއްޓާލި ކަމަށް ބުނެފައެވެ. އިސާހިތަކު އެކަން ހަބަރުތަކަށް އަރައި އެތައް ބައެއްގެ ސަމާލުކަން ހުއްޓިގެން ވެސް ދިޔަ އެވެ. 

ނިމްޝާ ކުރިން އަދާކުރީ މޯލްޑިވިއަންގައި ކެބިން ކުރޫއެއްގެ ވަޒީފާއެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު ފަހުކޮޅު އޭނާ ވަނީ އެ ވަޒީފާއިން ވަކިވެ ޒުމްބާ ދަސްކޮށްދޭ ކޯހެއް ފަށާފައެވެ. 

ޓިކްޓޮކްގައި ބައި ލައްކައަށް ވުރެ ގިނަ މީހުން އަންނަނީ ނިމްޝާ ފޮލޯކުރަމުންނެވެ.

10%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް