ads
އަންހެނަކު ރުޅި އައިސަފައި
އަންހެނަކު ރުޅި އަރުވަން ބޭނުންނުވާނަމަ މި ފަސްކަންތައް ނުކުރާތި!
ގިނަ ފަހަރަށް ވިސްނާނުލާ ކިޔާ އެއްްޗަކުން އަންހެނުން ރަތަށް އަރާފަހަރު މަދެއް ނުވާނެ އެވެ. ދެމީހުންގެ ދެމެދުގައި މައްސަލަ ޖެހި ވަރިފަށަށް ވެސް ގިނަ ފަހަރު ދާން ޖެހެ އެވެ. އެހެންކަމުން އަންހެނުންނާ ދިމާލަށް އެއްޗެކޭ ބުނާއިރު ވިސްނަންޖެހޭ ވަރަށް ގިނަ ކަންތައް ހުރެ އެވެ.

އެގޮތުން އަންހެނުން ރުޅިއަރުވަން ބޭނުންނުވާނަަމަ މި ފަސް ސުވާލު ނުކުރުން ވަރަށް މުހިންމެވެ.

1.މައިތިރި ވެ ބަލަ!؟ 

މި ސުވާލު އަންހެނުންނާ ކުރުމުން އެމީހުންގެ ރުޅި މަޑުވުމަށްވުރެ ބޮޑަށް، އިތުރު ވާނެ އެވެ. ހާއްސަކޮށް ޒުވާބެއްގެ ތެރޭގައި އެހެން ބުނެފިއްޔާ ބޮލަށް އަރާވަރު ކުރާނެ އެވެ. އެެހެންކަމުން އެކަހަލަ ދަނޑިވަޅެއްގައި އެހެންނުބުނުން ވާނީ އެންމެ ބުއްދިވެރި ގޮތަށެވެ.

2. ހަމަ އެހާ ވަރަށް ކަންތަ؟

އަންހެންމީހާ ކާ އެއްޗިއްސާ އަދި ކާ މިންވަރުގެ ވާހަކަދެއްކުމަކީ އެމީހުން ވަރަށް ރުޅިއަންނަ ކަމެކެވެ. މަޖަލަކަށްވެސް އެހެން ބުނެވިއްޖިއްޔާ ދުވަސް އެ ދިޔައީ އެވެ. ގުޅުންވެސް ނިމޭ ހިސާބަށް ގޮސްފާނެ އެވެ. އޭނާގެ ސިއްހަތާ މެދުގައި ވިސްނާ ނަމަވެސް އަންހެން މީހާ ކާ އެއްޗިއްސާ ގުޅިގެން އެއްވެސް  ބަހެއް ނުބުން ބުއްދިވެރި އެވެ.

3. ހާދަ ރީއްޗޭ!؟

ގިނަ ފަހަރު ފިރިހެނުން މިހެން ބުނަނީ އަންހެން ކުއްޖާ ކާމިޔާބު ކުރުމަށެވެ. އަދި އޭނާއަށް އެ ކުއްޖާ ރީތި ކަމުން ވެސް މިހެން ބުނެ އުޅެއެވެ. ނަމަވެސް އެހެން ބުނުމުން އަންހެން ކުދިން ވަރަށް ހިތްހަމަ ނުޖެހެއެވެ. އެއީ އޭރުން އޭނާއަށް ހީވާނީ އެ ފިރިހެންކުއްޖާ އޭނާގެ ފަހަތުން ނުނައްޓާ އުޅެނީ އޭނާގެ ސިފަޔާ ހެދިގެން ކަމަށް ވާތީ އެވެ.

4. ތިއީ ހަމަ އަސްލު އިސްތަށިގަނޑުތަ؟

އަންހެންކުއްޖަކު ދެކެ ލޯބިވާނަމަ އަދި އެ ކުއްޖާ ހާސިލް ކުރަން ބޭނުންވާނަމަ މި ސުވާލު ނުކުރުން ވަރަށް މުހިންމެވެ. އެހެން ނޫނީ އެކުއްޖާ އެކަމާ ދޭތެރޭގައި ވަރަށް ބޮޑަށް ހިތްހަމަނުޖެހި ވާހަކަވެސް ނުދައްކާފާނެ އެެވެ.

5. ފަލަ ވެއްޖެތަ؟

އަންހެނުންނަކީ އެމީހުންގެ ބަރުދަނާ މެދުގައި ވަރަށް ކަންބޮޑުވުން ފާޅުކުރާ ބައެކެވެ. އެހެންކަމުން އެމީހުންނާ ދިމާލަށް ފަލައޭ ކިޔައިގެން އެއްޗެއް ކިޔައިފިނަަމަ ގިނަ އަންހެންވެރިން އަރަނީ ރަތަށެވެ. އެހެންކަމުން ޒުވާބަކަށްދާން ބޭނުންނުވާނަމަ މި ސުވާލު ނުކުރުން ވަރަށް މުހިންމެވެ.

20%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް