ads
ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ރައީސް ސޯލިހުގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް
ބަންގްލަދޭޝް ފޮރިން މިނިސްޓަރު ރައީސް ސޯލިހުގެ އަރިހަށް ޒިޔާރަތް ކުރައްވައިފި
ބަންގަލަދޭޝްގެ ފޮރިން އެފެއާޒް މިނިސްޓަރު ޑރ. އޭ. ކޭ. އަބްދުލް މޮމެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ބަންގްލަދޭޝް ފޮރިން މިނިސްޓަރު ރައީސްގެ އަރިހަށް ޒިޔާރަތް ކުރައްވާފައިވަނީ، ރައީސް މިހާރު ބަންގްލަދޭޝް އަށް ކުރައްވާ ދަތުރުފުޅުގަ އެވެ. 

އެގޮތުން މި ބައްދަލުވުން ކުރިއަށް ގެންދިޔައީ ބަންގްލަދޭޝްގެ އިންޓާ ކޮންޓިނެންޓަލް ހޮޓެލުގައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. 

ބަންގްލަދޭޝްގެ ބާނީކަމުގައިވާ ޝައިހް މުޖީބުއްރަހްމާން އުފަންވެވަޑައިގަތްތާ 100 އަހަރު ފުރުން ފާހަގަކުރުމާ ގުޅިގެން އަދި މިއަހަރަކީ ބަންގްލަދޭޝްގެ މިނިވަންކަމަށް ރަނޔޫބީލް ފުރުން ފާހަގަ ކުރާ އަހަރު ކަމަށް ވުމުން އެގައުމުގެ ރައްޔިތުންނަށް މި ބައްދަލުވުމުގައި ރައީސް ސޯލިހު މަރުހަބާ ދެންނެވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

އަދި ބަންގްލަދޭޝްގެ ސަރުކާރުން އެކި ގޮތްގޮތުން ރާއްޖެއަށް ވަމުންދާ އެހީތެރިކަން ރައީސް ވާހަގަ ކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. ހާއްސަކޮށް ކޮވިޑް 19 އާިއ ގުޅިގެން ބަންގްލަދޭޝް އިން ރާއްޖެއަށް ފޯރުކޮށްދެއްވިއ ެހީތެރިކަން ފާހަގަ ކުރައްވާ، ބަންގްލަދޭޝްގެ ސަރުކާރަށް ރައީސް ޝުކުރު ދެންނެވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ކޮވިޑް 19ގެ ނުރައްކާތެރިކަމަކީ ހުރިހާ ގައުމަކަށްވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަން ފާހަގަ ކުރައްވާ ރައީސް ވަނީ ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ކުރާ މަސައްކަތް ފުރިހަމަކަމާ ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް ބަންގްލަދޭޝްގެ އެއާ ފޯސްގެ ސިއްހީ ހިދުމަތްތެރިންގެ ދެ ޓީމެއް ކުރެއްވި މަސައްކަތް މި ބައްދަލުވުމުގެ ތެރެއިން ފާހަގަ ކުރައްވާފައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދިނެވެ. 

މީގެ އިތުރުން މި ބައްދަލުވުމުގެ ތެރެއިން، ރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުން ބަދަހި ކުރުމާއި ގުޅިގެން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދިނެވެ.

އެގޮތުން ދެ ގައުމުގެ ދޭދޭ ގުޅުން ވަރުގަދަ ކުރުމާއި ގުޅެ ގޮތުން، ތަރައްގީގެ ރޮނގުން އެކުގައި މަސައްކަތްކުރުން، އެއީ ހާއްސަ ގޮތެއްގައި އިންސާނީ ވަސީލަތްތައް ތަހުގީގު ކުރުމަށް، އަދި ބައިނަލްއަގްވާމީ މަޝްރަހުގައި އެކުގައި މަސައްކަތްކުރުމުގެ އިތުރުން ހިޔާލު އެއްގޮތް ކަންކަމުގައި އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް