ads
ޕްލޭނިންގް މިނިސްޓްރީން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---
އެގްޒިމް ބޭންކްގެ އެހީގައި 34 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރަނީ
އިންޑިއާގެ އެގްޒިމް ބޭންކްގެ އެހީގައި 34 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތު އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.

މިނިސްޓްރީ އޮފް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާ ސްޓަކްޗާ އިއްޔެ ބޭއްވި ރަަސްމިއްޔާތެއްގައި މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ ވިޝްވަރާޖް އެންވަޔަރަމަންޓް، ޖޭއެމްސީ ޕްރޮޖެކްޓްސް، އެސްއެމްސީ އިންފްރާސްޓަކްޗާ އަދި ޓްރެވެނި އިންޖީނިއަރިން އެންޑް އިންޑަސްޓްރީ އާއެވެ.

އެގޮތުން މިއެއްބަސްވުންތަކުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި ވިޝްވަރާޖް އެންވަޔަރަމަންޓްގެ ފަރާތުން މި އެއްބަސްވުން ތަކުގައި އެ ކުންފުނީގެ ޕްރެސިޑެންޓް ކޯޕަރޭޓް އޮފިސަރު މަހޭޝް ޓާކުރް ސޮއި ކުރެއްވި އިރު، ޖޭއެމްސީ ޕްރޮޖެކްޓްސްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ ކުންފުނީގެ ޕްރޮޖެކްޓްސް ވައިސް ޕްރެސިޑެންޓް ޝިވޭންދްރާ ކުރާމް އެވެ.

މީގެ އިތުރުން އެސްއެމްސީ އިންފްރާސްޓަކްޗާ އިން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ސުހާސް ނާރާޔަން މެހެތާ އެވެ. އަދި ޓްރެވެނި އިންޖީނިއަރިންގް އެންޑް އިންޑަސްޓްރީން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ އެޑިޝަނަލް ޖެނެރަލް މެނޭޖަރު އޭޑީ ގުޕްތާ އެވެ. 

މި މަަޝްރޫއުތަކުގެ އަގަކީ 1.6 ބިލިއަން ރުފިޔާ ކަމަށް ހައުސިންގް މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި މި ހުރިހާ ރަށެއްގައި މި މަޝްރޫއުތައް ހިންގަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

މިރަސްމިއްޔާތުގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ ރަށްތަކަކީ؛

  • - ހއ. ކެލާގައި ފެނުގެ ނިޒާމް ގާއިމުކުރުން
  • ހއ. ބާރަށުގައި ފެނުގެ ނިޒާމް ގާއިމުކުރުން
  • ހއ. ވައިކަރަދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން
  • ށ. ފުނަދޫގައި ފެނުގެ ނިޒާމް ގާއިމުކުރުން
  • ށ. ޅައިމަގުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން
  • ނ. މަނަދޫގައި ފެނުގެ ނިޒާމް ގާއިމުކުަނެރުން
  • ޅ. ކުރެންދޫގައި ފެނުގެ ނިޒާމް ގާއިމުކުރުން
  • ކ. ގާފަރުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން
  • ކ. ކާށިދޫގައި ފެނުގެ ނިޒާމް ގާއިމުކުރުން
  • އއ. ތޮއްޑޫގައި ނަރުދަމާ ނިޒާމް ގާއިމުކުރުން
  • އއ. މާޅޮހުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން
  • އދ. ދަނގެތީގައި ނަރުދަމާ ނިޒާމް ގާއިމުކުރުން
  • އދ. ދިގުރަށުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން
  • ވ. ފުލިދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން
  • ވ. ފެލިދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން
  • ތ. ތިނަދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން
  • މ. ކޮޅުފުށީގައި ފެނުގެ ނިޒާމް ގާއިމުކުރުން
  • މ. މަޑުއްވަރީގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން
  • މ. މުލީގައި ފެނުގެ ނިޒާމް ގާއިމުކުރުން
  • ފ. ބިލެއްދޫގައި ފެނުގެ ނިޒާމް ގާއިމުކުރުން
  • ފ. ދަރަނބަދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން
  • ދ. ބަނޑިދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން
  • ދ. މީދޫގައި ފެނުގެ ނިޒާމް ގާއިމުކުރުން
  • ތ. ހިރިލަންދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން
  • ލ. ގަމުގައި ފެނުގެ ނިޒާމް ގާއިމުކުރުން
  • ލ. އިސްދޫ އަދި ކަލައިދޫގައި ފެނުގެ ނިޒާމް ގާއިމުކުރުން
  • ލ. މާމެންދުގައި ފެނުގެ ނިޒާމް ގާއިމުކުރުން
  • ލ. މާބައިދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން
  • ގއ. ދާންދޫގައި ފެނުގެ ނިޒާމް ގާއިމުކުރުން
  • ގއ. ގެމަނަފުށީގައި ފެނުގެ ނިޒާމް ގާއިމުކުރުން
  • ގއ. މާމެންދޫގައި ފެނުގެ ނިޒާމް ގާއިމުކުރުން
  • ގދ. މަޑަވެލީގައި ފެނުގެ ނިޒާމް ގާއިމުކުރުން
  • ގދ. ފަރެސްމާތޮޑާގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން
  • ގދ. ހޯޑެއްދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން

ޕްލޭނިންގް މިނިސްޓްރީން ބުނީ މި ރަށްތަކުގައި މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތް ތަކަކީ، ސާވޭ ކުރުން، އީއައިއޭ މަސައްކަތް، ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާ ކުރުމުގެ މަސައްކަތް، ފެނާއި ނަރުދަމާ ނިޒާމުގެ ވިޔުގަ އެޅުމުގެ މަސައްކަތް، އާރްއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމުގެ މަސައްކަތް، ނަރުދަމާގެ ޕަމްޕްސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތް، ސީ އައުޓް ފޯލް އެޅުމުގެ މަސައްކަތް، ބްރައިން އައުޓް ފޯލް އެޅުމުގެ މަސައްކަތް، އިދާރީ އޮފީސް ގާއިމުކުރުމުގެ މަސައްކަތް އަދި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް