ads
ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް
މުނާޒްގެ ލީޑާޝިޕް: ސަރުކާރުގެ އަމާޒާއި ނުބައްދަލު!
ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒްއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެކިއެކި ވާހަކަ އަޑު ނީވޭ ދުވަހެއް މިދިޔަ ހަފްތާއެއްހާ ދުވަހު ނާދެއެވެ. އެހެންނަމަވެސް، "ކަރެކްޝަންސް އިން މިހެން ބުނެފި"، "މުނާޒް އެހެން ބުނެފި"، މިހެން ހެޑްލައިނެއް ފެންނަތާ މާގިނަ އިރެއް ނުވެ ދެން ފެންނަނީ މުނާޒް ނުވަތަ ކަރެކްޝަންސް އިން ހެދީ ދޮގެއްކަމަށް ބުނެ ސަރުކާރުގެ އިދާރާއަކުން ވާހަކަ ދައްކާތަނެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒްއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެކިއެކި ވާހަކަ އަޑު ނީވޭ ދުވަހެއް މިދިޔަ ހަފްތާއެއްހާ ދުވަހު ނާދެއެވެ. އެހެންނަމަވެސް، "ކަރެކްޝަންސް އިން މިހެން ބުނެފި"، "މުނާޒް އެހެން ބުނެފި"، މިހެން ހެޑްލައިނެއް ފެންނަތާ މާގިނަ އިރެއް ނުވެ ދެން ފެންނަނީ ކަރެކްޝަނުގެ ވާހަކަތައް ދައުލަތުގެ އިދާރާތުން ދޮގުކުރަން ފެށިތަނެވެ.

މިދެންނެވީ ދިވެހި ދައުލަތުގެ މުއައްސަސާއަކާ، އެމުއައްސަސާގެ ވެރިންގެ ވާހަކައެވެ.

މާފުށީ ޖަލުގައި ނިމިދިޔަ ހަފްތާ ބަންދުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކެއްގެ ވާހަކަ މީޑިއާގައި ފެންމަތިވުމާއިއެކު، އެއާއިއެކު ނިކުތް ފޮޓޯއިން ވަރަށް ގިނަ ވާހަކަތައް އިވުނެވެ.

މުނާޒް ވިދާޅުވީ ޖަލަށް ފުލުހުން ދިޔައީ ޖަލުގައި ތިބި ގައިދީން ޖަލު އޮފިސަރުންނަށް އަނިޔާކުރާ މައްސަލަ ބަލަން ކަމަށެވެ.

ކަރެކްޝަނުން އެދުވަހު މީޑިއާއަށް އާންމުކުރި ޒާތުގެ މައްސަލައެއް ހުށަނާޅާކަމަށް ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު ސީއެންއެމްއަށް އެދުވަހު ކަށަވަރުކޮށްދެއްވިއެވެ.

ފުލުހުން ބުނީ އެތަނަށް ދިޔައީ ބައްދަލުވުމަކަށް ކަމަށެވެ. ދައުލަތުގެ މުއައްސަސާއެއްގެ ނަން ބޭނުންކޮށްގެން ކަރެކްޝަނުގެ އެންމެ އިސްވެރިއާ މިފަދަ ވާހަކަތައް ދެއްކެވުން ބަލައެއް ނުގަނެވެއެވެ.

ދެން ފެނުނީ ހަމަ އެދުވަހު އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސަސްގެ ނަން ބޭނުންކޮށްގެން ހަމަ އެފަދަ ވާހަކައެއް މުނާޒް ދެއްކެވި ތަނެވެ. ވަގުތުން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސަސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ އޭނާގެ ނަން ބޭނުންކޮށްގެން ދޮގު މައުލޫމާތު ދިނުމުން ކަންބޮޑުވާކަމަށެވެ.

މިއީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. ހައްސާސް މައްސަލައެއްގައި ދައުލަތުގެ އިސްވެރިޔަކު ދައުލަތުގެ އެހެން އިސްވެރިންނާއި، މުއައްސަސާތަކުގެ އިސްވެރިންގެ ނަން ބޭނުންކުރައްވައިގެން ސައްހަ ނޫން ވާހަކަ ދެއްކެވުމަކީ ހަމަޖެހޭ މުޖްތަމައެއްގައި ކަން ހިނގައިގެންވާނެ އުސޫލެއް ނޫނެވެ. މިއީ ފިޔަވަޅު އެޅެން ޖެހޭ ޒާތުގެ ކަންކަމެވެ.

މިއަދު ބޭއްވި ޕްރެސް ކޮންފަރެންސަށްފަހު މިވާހަކަ މިހިސާބުން ނިމުނީކަމަށް ބައެއް ބޭފުޅުންނަށް ހީފުޅުވިއެވެ.

އެހެންނަމަވެސް ކަން ހިނގީ އެހެނެއް ނޫނެވެ. ޖަލުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) އިން ކުރަމުންދާ ތަޤުޤީޤަށް ކަރެކްޝަނަލްސަރވިސްއިން ސައްޙަނޫން މަޢުލޫމާތުތަކެއް ދީފައިވާކަމަށް އެޗްއާރުސީއެމްއިން އެވަނީ ބުނެފައެވެ. މިހުންނަނީވެސް އާދައިގެ ކަންކަމެއް ނޫނެވެ.

އާއްމު ރައްޔިތެއްނަމަ އެޗް.އާރް.ސީ.އެމްއަށް ދޮގުމައުލޫމާތު ދިން މައްސަލަ ޖިނާޢީ މައްސަލައެއްގެ ގޮތުގައި ބަލާ، މިހާރު ދައުވާކުރަން ފޮނުވީހެވެ.


ސީޕީ މުނާޒްގެ ބެއްލެވުމުގެ ދަށުން ކަރެކްޝަންސްގައި ޒަމާނުސުރެ އަށަގެންފައި މިވާސައްހަ ނޫން މައުލޫމާތު ފަތުރުމުގެ ސަގާފަތައް ނިމުމެއް ނުގެނެވުނެވެ.

ޖަލުތަކުގެ މައްސަލަ ހައްލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދު ފުޅެކެވެ. އެމަނިކުފާނު ވައުދުވެލެއްވީ ޖަލުތަކީ އިންސާނީ ކަރާމާތައް އިހުތިރާމުކުރާ އިންސާނުން ދިރިއުޅޭ ފެންވަރުގެ ތަނަކަށް ޖަލުހެދުމެވެ. މި ވައުދު ފުއްދުމުގައި ކަރެކްޝަނަކީ 'ޓްރާންސްޕޭރަންޓު' ތަނަކަށް ވާންޖެހެއެވެ.

މައްސަލަތައް ދެނަގަނެވި، އެ މައްސަލަތަކަށް ބަހުސް ކުރެވި، މައްސަލަތަކެއް ހުރިނަަމަ އެކަން ގަބޫލުކޮށްގެން ކުރިއަށް ދިއުމަކީ އިސްލާހު ކުރުމަށް އެޅޭނެ އެންމެ ފުރަތަމަ ފިޔަވަޅެވެ. މިސިފައެއް ސީޕީ މުނާޒުގެ ލީޑާޝިޕުގައިނެތެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް