ads
މިނިސްޓަރު ނަލުހާ
"ލައިސަންސާއި ރެޖިސްޓްރީން މަކަރު ހެދުމަށް ޓްރާންސްޕޯޓު މިނިސްޓްރީއަށް މީހަކު ވަދޭ"
ޓްރާންސްޕޯޓު މިނިސްޓްރީގައި ވަޒީފާގައި ނޫޅޭމީހަކު އެތަނަށް ވަދެ، ލައިސަންސާއި، ރެޖިސްޓްރީގެ ނަންބަރުތައް ބަދަލުކުރުން ފަދަ މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ސީއެންއެމްއަށް ލިބިއްޖެ އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ އައިޓީ މަސައްކަތްތައް ކުރުމަށް، އެއްވެސް ރަސްމީ މަގާމެއް ނެތި ވަންނަ މީހާއަކީ "ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާގެ ކޮއްކޮގެ ގާތް ރަހުމަތްތެއެއް" ކަމަށް ވެސް އިތުބާރުހުރި މަސްދަރަކުން ވަނީ ސީއެންއެމްއަށް މައުލޫމާތު ދީފައެެވެ. 

އަމިއްލަ މީހަކު މިގޮތައް ސަރުކާރު އޮފީސްތަކުގައި މަސައްކަތްކުރުމަކީ ސިވިލް ސާވިސްގެ ގަވައިދާ ހިލާފުކަމެކެވެ. 

"އޭނާ އަށް މިނިސްޓްރީގެ ސިސްޓަމްތަކުގެ އެކްސެސް ދިނީ މިނިސްޓްރީގެ އައިޓީ މުވައްޒަފަކަށް ބިރުދައްކައިގެން. އެ ކުއްޖާ ވަޒީފާއިން ވަކިކޮށްލުމަށް ފަހު. އަދި މިނިސްޓްރީގެ ހުރިހާތަނަކަށް ވަނުމުގެ އެކްސެސް އާއި މިނިސްޓްރީގެ އައިޓީ ސިސްޓަމްތަކުގެ ކޮންޓްރޯލްވެސް ވަނީ އޭނާއަށް ދީފަ،" މަސްދަރުން ހާމަކުރިއެވެ.

ޓްރާންސްޕޯޓު މިނިސްޓަރީއަށް ގަވާއިދާ ހިލާފަށް ވައްދައިގެން އުޅޭ މީހާ ލައްވާ އެތާންގެ މައުލޫމާތުތަށް ބަދަލުކުރަމުންދާ ކަމަށް ވެސް މަސްދަރުން މައުލޫމާތު ދެއެވެ. 

"ބަދަލުކުރަނީ ލައިސަންސްއާ ގުޅޭ ކަންތައްތަކާ އަދި ގަރާޖާ ބެހޭ މައުލޫމާތު،"

އެއް ގަރާޖަކަށް ގިނަ ކާރު ރެޖިސްޓްރީ ކުރުމުގެ މައްސަލަތަކެއް މީގެ ކުރިން ވެސް ވަނީ އެ މިނިސްޓްރީގައި ފެންމަތިވެފައެވެ.

މިކަންކަމާއި ދެކޮޅުހަދާ މުވައްޒަފުންނަށް އެކި ގޮތްގޮތުން ފިޔަވަޅު އެޅުމަށް މަސައްކަތް ކުރާކަމަށް ވެސް މަސްދަރުން ބުންޏެވެ.

"އެމައްސަލަތައް އޮއްބަންވެގެން 12 ކޭސްއެއް އުފައްދައިގެން މިތާ ކުދިންގެ ބޮލުގައި ވަނީ އަޅުވާފަ،" މަސްދަރުން ހާމަކުރި އެވެ.

މިކަން މިހެން ހިނގާތާ މިހާރު 3 މަސް ވެފައިވާ ކަމަށާއި މިނިސްޓްރީގެ އެކި މުވައްޒަފުންގެ އެކައުންޓުތަކުން އެ މުވައްޒަފުން ނުކުރާ ބައެއް މުއާމަލާތުތައްވެސް ފަހަކަށް އައިސް ކޮށްފައި ހުންނަކަމަށް ދައްކާކަމަށް ވެސް މަސްދަރުން ބުންޏެވެ.

މި މައްސަލައިގައި ސީއެންއެމްއެމް އިން ސުވާލުކުރުމުން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެފައިވަނީ، ޓްރާންޕޯޓުގައި ގަވާއިދާ ހިލާފަށް އެއްވެސް މީހަކު މަސައްކަތްނުކުރާކަމަށެވެ.

 

14%
ކަމުގޮސްފި
36%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް