ads
ކަރީނާ، އޭނާގެ އަންހެން ދަރިފުޅާއެކު--
ކަރީނާ ވެސް އޮންނަނީ އަބަދު ދަރިފުޅަށް ބަލަން
ކަރީނާ އާއި ސައިފަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ވަނީ ދެވަނަ ފިރިހެން ކުއްޖެއް ލިބިފަ އެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހު، ކަރީނާ ކަޕޫރު އޭނާގެ ދެވަނަ ދަރިފުޅުގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއާއަށް އާންމުކޮށްފައި ވެއެވެ.

ކަރީނާގެ ކޮނޑުގައި ދަރިފުޅު ބޯއަޅާލައިގެން އޮތްވާ ނަގާފައިވާ އެ ފޮޓޯއާއެކު އޭނާ ބުނީ އަންހެނުންނަށް ނުވާނެ ކަމެއް ނޯންނާނެ ކަމަށެވެ. އަދި ދުވަހުގެ ތަހުނިޔާ ފޮނުވި އެވެ.  

އޭގެ ފަހުން ކަރީނާ އިންސްޓާގްރާމްގައި ވަނީ އޭނާ އަބަދު އޮންނަނީ ދަރިފުޅަށް ބަލަން ކަމަށް ބުނެ ޕޯސްޓެއް ހިއްސާ ކޮށްފަ އެވެ.

your imageކަރީނާ ހިއްސާކޮށްފައިވާ ފޮޓޯ

އެ ފޮޓޯގައި ދަރިފުޅު ކުޑަކޮށް އޭނާގެ މޭމަތީގައި އޮއްވާ ފެނިގެން ދެއެވެ. އަދި ކަރީނާ އިންނަނީ ދަރިފުޅަށް ލޯބިން ބަލަހައްޓައިގެ ނެވެ.

ކަރީނާ އާއި ސައިފަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ދަރިއަކު ލިބުނުއިރު މިހާތަނަށް އެކުއްޖާގެ ނަމެއް އާންމެއް ނުކުރެ އެވެ. 

ކަރީނާ އާއި ސައިފްގެ ފުރަތަމަ ދަރިފުޅަކީ ތައިމުރް އަލީ ހާންއެވެ. އެ ދެމަފިރިންނަށް ތައިމުރު ލިބިފައިވަނީ 2016 ވަނަ އަހަރު އެވެ.  

25%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް