ads
ކެޕްޓަން ޢަބްދުލް މުޢިޒް މުސްތަފާ-
ކެޕްޓަން މުއިއްޒުއަށް ސިފައިންގެ ވަޒީފާ އަބުރާ ދޭން ހުކުމްކޮށްފި
ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލުއާ ބައިވެރިވެގެން ޗީފް އޮފް ޑިފެންސް ފޯސްއަށް އެއްބާރުލުން ދޭންކަމަށްބުނެ ލިޔުން ތައްޔާރުކުރި މައްސަލައިގައި ވަޒީފާއިން ވަކިކުރި، ކެޕްޓަން މުއިއްޒު އަށް ވަޒީފާ އަނބުރާދޭން ސްޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

އަބްދުލްމުއިޒް މުސްތަފާ ވަޒީފާއިން ވަކިކުރުމަށް، ޑިފެންސް މިނިސްޓްރީއިން ނިންމި ނިންމުމަކީ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ނިންމުންތަކާ ހިލާފަށް ނެޗްރަލް ޖަސްޓިސް އަދި "ޑިއު ޕްރެސްސް"ގެ އަސާސީ ހައްގުތައް ލިއްބައިނުދީ ނިންމާފައިވާ ނިންމުމަކަށް ވާތީ އެ ނިންމުން ބާތިލުކޮށްދިނުމަށާއި ވަޒީފާ އަލުން އިއާދަކޮށްސުނުމަށް ޑިފެންސް މިނިސްޓްރީގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި އަބްދުލްމުއިޒްގެ ފަރާތުން އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ ސިވިލް ކޯޓަށެވެ. 

އަބްދުލްމުއިޒްގެ ފަރާތުން 2014 ވަނަ އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހު ހުށަހެޅި އެ މައްސަލާގައި ސިވިލް ކޯޓުން 2016ވަނ އަހަރުގެ ޖުލައި ހަތަރުވަނަ ދުވަހު ނިންމާފައިވަނީ، އޭނަ ވަޒީފާއިން ވަކުކުރުމަށް އެމްއެންޑީއެފްއިން ނިންމާފައިވާ ނިންމުން ބާތިލުކުރެވެން ނެތްކަމަށާއި ވަޒީފާ އިއާދަކުރުމަށް އަބްދުލްމުއިޒްގެ ފަރާތުން އެދިފައިވާ ގޮތަށް އެމްއެންޑީއެފްއަށް އަންގާނެ ތަނެއްވެސް ނެތް ކަމަށެެެވެ. އަދި އޭގެފަހުން އެ މައްސަލަ ހައިކޯޓުގައިވެސް އިސްތިއުނާފްކޮށްފައިވާއިރު ހައިކޯޓުންވެސް ނިންމާފައިވަނީ އެ ނިންމުން ބާތިލުކުރެވެން ނެތް ކަމަށެވެ

އޭގަފަހުން ސްޕްރީމް ކޯޓުގައި މިމައްސަލަ އިސްތިއުނާފް ކުރުމުން ސްޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްގަައި ވަނީ އަބްދުލްމުއިޒް ވަޒީފާއިން ވަކިކުރުމުގައި މައުލޫއީ ޢަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރެވިފައި ނުވާކަމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން އިގްރާރްވެފައިވާތީ ހައިކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށް އަބްދުލްމުއިޒް ވަޒީފާއިން ވަކިކުރިއިރު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއަށް ރުޖޫއަ ކުރުމަށް ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް)
ގެ މައްޗަށް އަންގައި، އަބްދުލްމުއިޒް ވަޒީފާއިން ވަކިކޮށްފައިވަނީ ބޭއިންސާފުން ކަމަށް ވާތީ، އަބްދުލްމުއިޒް މުސްތަފާއަށް އަދުލުވެރި ބަދަލު ހައްގުވާ ކަމަށް އެ މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާ ހުކުމް ކުރާ ކަމަށެެވެ. 

އޭނަ ވަޒީފާއިން ވަކިކޮށްފައިވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެެވެ. 

 

71%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް