ads
އެމްޑީއެންގެ ރިޕޯޓާ މެދު ފުލުހުންގެ ބަސް: އޮތީ ފުރައްސާރަކޮށްފައި
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ތައްޔާރުކުރި "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް"
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ތައްޔާރުކުރި "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓްގައި އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ތައުހީނުކޮށް ފާޑު ކިޔާފައިވާ ފުރައްސާރަކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާކަމަށް ފުލުހުން ބުނެފައިވަނީ އެ ރިޕޯޓް އިލުމުވެރިންގެ ޓީމަކުން ލައްވާ އެ ރިޕޯޓް ދިރާސާކުރުމަށް ފަހުގައި ކަމަށާއި އެހެންކަމުން އެ ދިރާސާއިން ފެނުނުކަންކަން ޔޫތް މިނިސްޓްރީއަށް އަންގާފައިވާ ކަމަށެ ފުލުހުން ބުނެ އެވެ.

" ދިޕޯޓުގައި އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާކަން މިހާރުވަނީ ޔޫތް މިނިސްޓްރީއަށް އަންގާފައި. މައްސަލަ ދަނީ ތަހުގީގު ކުރަމުން،،" ފުލުހުން ބުން އެވެ.

އެމްޑީއެން އިން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އަދި އެ ޖަމިއްޔާ އުވާލުމަށް ދަނީ ގޮވާލަމުންނެވެ. ރިޕޯޓް މައްސަލާގައި ޔޫތް މިނިސްޓްރީން ވަނީ އެމްޑީއެން ސަސްޕެންޑްކޮށްފަ އެވެ.

އެމްޑީއެންގެ ރިޕޯޓު މައްސަލާގައި ފިޔަވަޅު އެޅުން ލަސްކަމަށް ބުނެ ދީނީ އިލުމުވެރިން ވަނީ ރައީސް ސޯލިހާ ބައްދަލުކުރަައްވާ ކަން ބޮޑުވުންތައް ހުށަހަޅުއްވާފައެވެ. ރައީސް ސޯލިހު ވިދާޅުވަމުންގެންދަނީ ފިޔަވަޅު އަޅާނެކަމަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރުމުގުެ ފުރުސަތު އެމަނިކުފާނުގެ ސަރުކާރުން ނުދެއްވާނެކަމަށެވެ، އަދި ދީނީހަރުކަށިކަމަށް ވެސް ޖާގަ ނުދޭނެކަމަށް ވެސް ރައީސް ގެންދަވަނީ ވިދާޅުވަމުންނެވެ.

އެމްޑީއެންގެ މައްސަލަ ބޮޑުވެ އެ ޖަމިއްޔާ އުވާލަން ގޮވާލާއިރު، ޖަމިއްޔާތަކާބެހޭ ގާނޫނު ބުނާގޮތުން ޖަމިއްޔާތައް އުވާލެވޭނެ ދެގޮތެއް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އެއީ ކޯޓުގެ އަމުރަކުން ޖަމިއްޔާތައް އުވާލެވެ އެވެ. ދެވަނަ ގޮތަކީ ކޯޓުގެ އަމުރަކާ ނުލައި ވެސް ޖަމިއްޔާ އުވާލުމުގެ އިޚްތިޔާރު ރަޖިސްޓްރާ އަށް ލިބިގެންވެ އެވެ.

އެ ގާނޫނުގައި ބުނާގޮތުން ޖަމިއްޔާއެއް ހިންގަނީ ޣައިރު ގާނޫނީ މަގްސަދަކަށްޓަކައި ކަން ޝަރީއަތަށް ސާބިތުވުމުން ނުވަތަ އެ ނޫން ވެސް ސަބަބަކަށްޓަކައި ޖަމިއްޔާއެއް އުވާލަން ކަމާ ބެހޭ ކޯޓަކުން އަމުރުކޮށްފި ނަމަ ދަރަންޏާއި މުދަލުގެ ކަންކަން ހަމަޖައްސަން މުއްދަތެއް ދިނުމަށް ފަހު ރަޖިސްޓްރާ، އެ ޖަމިއްޔާއެއް އުވާލަން ޖެހެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް