ads
ކޮވިޑް-19 ޖެހިފައިވާ މީހަކަށް ވެންޓިލޭޓަރުގަ ފަރުވާ ދެނީ-
ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ
ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ

މިއީ ރާއްޖެއިން މި ބަލި ޖެހިގެން މަރުވި 65 ވަނަ މީހާއެވެ. މައުލޫމާތު ލިބޭގޮތުން މަރުވެފައިވަނީ 79 އަހަރުގެ މީހެކެވެ. 

އެޗްޕީއޭއިން ބުނީ އެމީހާ މަރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މިއަދުގެ އިރުއޮށްސި 7:17 ގައި ކަަމަށެވެ. މިއާއިއެކު ރާއްޖެއިން ކޮވިޑް-19ގައި މަރުވި މީހުންގެ އަދަދު ވަނީ 65 އަށް އަރާފަ އެވެ.

އެޗްޕީއޭއިން އާއްމުކުރި ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު ތެރޭގައި 4،688 ސާމްޕަލެއް ޓެސްޓް ކުރެވިފައިވާއިރު، އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 186 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ މާލޭ ސަރަހައްދުން ޕޮޒިޓިވްވީ 151 މީހުންނާއި އަތޮޅުތަކުން 14 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 20 މީހަކާއި ސަފާރީއަކުން ޕޮޒިޓިވްވި މީހެކެވެ.

މިފަހަކުން މި މިއަދަދުތައް 100އިން ދަށްވެފައިވެއެވެ. އަދި ފާއިތުވި ހަފްތާވެސް މަޑުމަޑުން އަދަދުތަށް ދަށްވަމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް