ads
ކުރީގެ ވެކްސިން ކިއުއެއް-- ފޮޓޯ: ސައީދު
މިއަދު ވެކްސިން ޖެހީ 1،745 މީހަކު
މިއަދު ރާއްޖޭގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ 1،745 މީހަކަށް ކަމަށް އެޗްޕީއޭއިން ބުނެފި އެވެ. ،

މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުމުގެ ކަންކަން ހޯމަ ދުވަހު ހުއްޓާލާފައިވާއިރު، މިއަދުވެސް ވެކްސިން ޖަހާފައިވަނީ ހަމައެކަނި އަތޮޅު ތެރޭގައެވެ. 

އެގޮތުން މިއަދު އަތޮޅު ތެރޭގައި ވެކްސިން ޖެހި 1،745 މީހުންނާއެކު، އަތޮޅުތެރެއިން ވެކްސިން ޖެހި މީހުންގެ ޖުމުލަ އަދަދު މިވަނީ 95،967 އަކަށް އަރާފަ އެވެ.  

މިއާއެކު ރާއްޖޭގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ ޖުމުލަ އަދަދު ވަނީ 217،597 އަކަށް އަރާފައެވެ. މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުމުގެ ކަންކަން ހޯމަ ދުވަހު ހުއްޓާލުމާއި ހަމައަށް ވެކްސިން ޖަހާފައިވަނީ 121،630 މީހަކަށެވެ.

މާލެ ސަރަހައްދުގައި ހޯމަ ދުވަހު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުން ހުއްޓާލާފައިވާއިރު، ދެން މާލެ ސަރަހައްދުގައި ކޮވިޑް 19 ވެކްސިން ޖެހުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ވެކްސިން ޖަހަން ފެށުމަށް ހަމަޖައްސާފައިވަނީ ހޮނިހިރު ދުވަހު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެެ. 

އެގޮތުން ބަލިޖެހިގެން އެންމެ ހައި ރިސްކު ވާ މީހުންގެ އާބާދީއަށް އަމާޒުކޮށް، އެމީހުންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށާއި، މިހާރު ކަރަންޓީނުގައި ނުވަތަ އައިސޮލޭޝަނުގައި ތިބުމުގެ ސަބަބުން ވެކްސިން ނުޖެހޭ މީހުނަށް ވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް