ads
ކެޓްރީނާ
ކެޓްރީނާގެ އާ ހެއާ ކަޓް: ސިއްރު އިގޭތަ؟
ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ކެޓްރީނާ ކައިފް މިވަނީ އާ ހެއާ ކަޓަކާއިއެކު އޭނަގެ ހެއާ ސްޓައިލް މުޅިން ބަދަލުކޮށްލާފައެވެ.

ކެޓްރީނާ ސޯޝަލް މީޑިއާއަަށް ދޫކޮށްލި އޭނަގެ އެ އާ ހެއާ ކަޓާއިއެކު ބުނެފައިވަނީ، “އާ ހެއާ ކަޓް، އާ ފިލްމް” އެއް ކަމަށެވެ.

އެހެންކަމުން އޭނަގެ ހެއާ ސްޓައިލް މުޅިން ބަދަލުކޮށްލާފައިވަނީ އޭނަގެ ކުރިއަށް އޮތް ފިލްމަށް ކަމަށް ބެލެވެއެވެ. ސީދާ އެއީ ކޮން ފިލްމަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ކެޓްރީނާގެ ކުރިއަށް އޮތް ފިލްމު ޓައިގާ 3 އަށް ތައްޔާރުވުމުގެ ގޮތުން އޭނާ ބޮޑެތި ތައްޔާރީތަކެއް ވަމުންނެވެ.  

your imageކެޓްރީނާ އިންސްޓާގައި ހިއްސާކޮށްފައިވާ ފޮޓޯ

ޓައިގާ ފްރެންޗައިސްގެ ތިންވަނަ ފިލްމުގަ ވެސް ގިނަ ސްޓަންޓްތަކެއް ހިމަނުމަށް ނިންމާފައިވާއިރު، ފިލްމުގެ ޝޫޓިން އަދި ނުވެސް ފެށެނީސް ކެޓްރީނާ އަންނީ ފިލްމަށް ބޭނުންވާ ސްޓަންޓްތައް ކުޅެން ބޭނުންވާ ޓްރެއިންތައް ހަދަމުންނެވެ. 

ކެޓްރީނާ ޓްރެއިން ކުރަނީ ދެކުނު ކޮރާއިން ގެނައި ހާއްސަ ސްޓަންޓް އާޓިސްޓުންގެ ޓީމަކުންނެެވެ.

your imageސަލްމާން އާ ކެޓްރީނާ

ސަލްމާން އާއެކު ކެޓްރީނާ ފެނިގެންދާ ޓައިގާ 3 ގެ މަންޒަރުތައް ކުޅެން ހަމަޖެހިފައިވަނީ ތުރުކީގެ އިސްތާންބުލް އާއި ޔޫރަޕްގެ އެކި ހިސާބުތަކުގަ އިތުރުން އެކުވެރި އަރަބި އިމާރާތުގަ އެވެ.

ހެއާ ސްޓައިލަށް ގެނައި ބަދަަލަކީވެސް މިފިލްމް ކުޅުމަށްވާ ތައްޔާރީގެ ތެރެއިން ގެނެސްފައިވާ ބަދަލަކަށްވުންވެސް އެކަށީގެންވެއެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް