ލ. ގަމުގެ ބޮޑު މަގު--
ގަމު އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެ
Share
މިމަހުގެ 14 ވަނަ ދުވަހު ލ. ގަމުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް މަރުވެއްޖެއެވެ.
Advertisement

އޭނާ މަރުވެފައި މިވަނީ ގަމު ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު، އިތުރު ފަރުވާއަށް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.  

މިމަހުގެ 14 ވަނަ ދުވަހުގެ ހަވީރެއްހާއިރު މި އެކްސިޑެންޓް ހިނގީ ދެ ސައިކަލު ޖެހިގެންނެވެ. 

އެ ހާދިސާގައި ދެ އަންހެނަކަށް އަނިޔާވި އެވެ. އެގޮތުން ހާލު ސީރިއަސްވެ މަރުވެފައި ވަނީ އުމުރުން 55 އަހަރުގެ ގަމު، ވެލަބުލިއާގެ، ފާތިމަތު މަނިކެ އެވެ.

މަރުވި އަންހެން މީހާއަކީ ގަމު ކައުންސިލް މެމްބަރު މުހައްމަދު ސުނިލްގެ މަންމަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް