ads
އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓު
ދިހަ ރިސޯޓެއް ފިޔަވައި ހުރިހާ ރިސޯޓެއްގެ ހިދުމަތް ފަށައިފި
ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ރިސޯޓުތަކުގެ ތެރެއިން މިހާރު އަލުން ހިދުމަތް ނުފަށާއި ހުރީ 10 ރިސޯޓެއްގައި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ޖުމްލަ 159 ރިސޯޓެއް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރެއިން މިހާރު ހިދުމަތް ދެމުން އަންނަނީ 149 ރިސޯޓަކުންނެވެ. 

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ރިސޯޓުތައް ބަންދުކުރަން ޖެހުނުއިރު އޭގެ ފަހުން ނުހުޅުވާ ހުރީ އެންމެ ދިހަ ރިސޯޓުކަމަށް ދައްކަ އެވެ. 

ޖުމްލަ 159 ރިސޯޓު ހިންގަމުން އަންނައިރު އެއީ 37،140 ބެޑް ކެޕޭސިޓީ އެވެ. މީގެ ތެރެއިން މިހާތަނަށް އޮޕަރޭޓްކުރަމުން އަންނަނީ 34،344 ބެޑެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ސަބަބުން ފަތުރުވެރިކަން އެއްކޮށް ހުއްޓިގެންދިޔަ އެވެ. އެކަމަކު ޖުލައި 15 ގައި އަލުން ބޯޑަރު ހުޅުވާލުމާއެކު، މަހުން މަހަށް ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދުތައް މަޑުމަޑުން އިތުރުވާން ފެށިކަން ތަފާސްހިސާބުތަކުން ދައްކަ އެވެ. 

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 243،979 ފަތުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރީ އިންޑިއާ އިންނެވެ. އެއަށް ފަހު ދެވަނައިގައި ރަޝިއާ އޮތްއިރު ތިން ވަނައިގައި އޮތީ ޔޫކްރެއިންނެވެ. 

މިއަހަރު، ރާއްޖެއިން އަމާޒުކުރަނީ 1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް