ads
ރަތަފަންދޫ -- ފޮޓޯ:މޯލްޑިވްސް ޓައިމްސް
ވެކްސިން ޖެހި މީހަކު ކަރަންޓީނުގައި ހުއްޓަ މަރުވެއްޖެ
ގދ. ރަތަފަންދޫއިން ވެކްސިން ޖެހި މީހަކު ކަރަންޓީނުގައި ހުއްޓާ މަރުވެއްޖެ އެވެ.

ސީއެންއެމައަށް މައުލޫމާތު ދެމުން ގދ.ރަތަފަންދޫ ކައުންސިލްގެ ރައީސް ހުނައިފު އަސްލަމް ވިދާޅުވީ މަރުވެފައި ވަނީ ކަރަންޓީނުގައިހުރި އުމުރުން 67 އަހަރުގެ އަންހެނެއްކަމަށެވެ.

އަދި އެމިހާ މަރުވެފައިވަނީ ކަރަންޓީނުގައި ހުއްޓާކަން ހާމަކުރަމުން ހުނައިފު ވިދާޅުވީ އެމީހާއަށް ވަނީ ފެބްރުވަރީ މަހުގެ 25 ވަނަ ދުވަހުގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ވެސް ޖަހާފައި ކަމަށެވެ.

އެ އަންހެން މީހާގެ ފަޔަށް އެރަށަށް އައުމުގެ ކުރިން ވެއްޓިގެން އަނިޔާވެފައިވާކަމަށާއި އެކަމާ ގުޅިގެން މިއަދުގެ ހެނދުނު އަށެއް ޖެހިކަށްހާއިރު ޑޮކްޓަރަށް ވެސް ދެއްކިފައިވާނޭ ކަމަށް ހުނައިފު ވިދާޅުވިއެވެ.

ހުނެއިފު ވިދާޅުވީ އެމީހާ ފަޔަށް ލިބިފައިވާ އަނިޔާއާ ގުޅިގެން ގައިގެ އެއްފަޅިއަށް އައްސިވާކަމުގެ ޝަކުވާ ވެސް އޭނާކޮށްފައިވާ ކަމަށެވެ.

އެމީހާ މަރުވެފައި ވަނީ މިއަދު މެންދުރު 1:50 ގައި ކަމަށް ވެސް ހުނެއިފު ހާމަކުރި އެވެ. އަދި އޭނާ މަރުވި އިރުގައި އެއްވެސް އަލާމާތެއް ފާހަގަވާން ނެތްކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް