ads
މޫސުން ގޯސްދުވަހެއް--ފޮޓޯ:އޭއޯ ނިއުސް
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ގއ. އަތޮޅުން ފެށިގެން އައްޑޫސިޓީއަށް ވައިޓް އެލާޓް ނެރެފި
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ގއ. އަތޮޅުން ފެށިގެން އައްޑޫސިޓީއަށް ވައިޓް އެލާޓް ނެރެފި އެވެ.

މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. 

މިއަދުގެ މެންދުރު ވެސް މެޓުން ވަނީ އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައެވެ. އެހެންނަމަވެސް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކޮށް މެންދުރު 12:00 އިން 16:00 އަށް ނެރެފައިވާ އެ އެލާޓުގެ މުއްދަތު ހަމަވިއިރުވެސް އެ ސަރަހައްދައް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ އެ މުއްދަތު ދިގުކޮށް ހަވީރު 16:30 ފެށިގެން ރޭގަނޑު 22:00އަށް މިހާރު ވަނީ އެ އެލާޓުގެ ދަންމާލާފައެވެ. 

ފާއިތުވި 24 ގަނޑިއިރަށް ރާއްޖޭގެ މޫސުން ލާފާކުރާ ގޮތަށް ބަލާއިރު، މެދުރާއްޖެތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި މީގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ބުނެއެވެ. އެހެންނަމަވެސް އުތުރުގެ އަތޮޅުތަކުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެކަމަށް މެޓުން ބުނެއެވެ. 

ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަނޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށް މެޓުން ބުުނެއެވެ. 

މެޓުން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަ ވާނެ ކަމަށެވެ. ރާޅުގެ އުސްމިން އުޅޭނެ ކަމަށް ލަފާކޮށްފައިވަނީ، އެއް ފޫޓާއި ހަތަރު ފޫޓާއި ދެމެދުގައެވެ.  

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް