އިދިކޮޅު އިހްތިޖާޖް
އިދިކޮޅު އިހްތިޖާޖުގެ ތެރެއިން ހަތަރު މީހަކު ހައްޔަރު ކޮށްފި
Share
އިދިކޮޅުން މިއަދު ހަވީރު ކުރިއަށް ގެންދިޔަ އިހްތިޖާޖުން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އިދިކޮޅުން ބުނެފި އެވެ.
Advertisement

އިދިކޮޅުން މިއަދު ކުރި އިހްތިޖާޖްގެ ތެރެއިން ޕީއެންސީގެ ވީޕީ މުހައްމަދު ނިމާލް އާއިއެކު އިތުރު ތިން މީހަކު ވަނީ ހައްޔަރު ކޮށްފައިވާ ކަމަށް އެ ޕާޓީގެ ތަރުޖަމާން ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ދެމެހެއްޓުމަށް ތާއީދުކޮށް ހައިކޯޓުން ހުކުމް ކުރުމާއި ގުޅިގެން އެކަން ބަލައިނުގަނެ ސީދާ ހަރަކާތަށް ނިކުތުމަށް އިދިކޮޅުން ވަނީ ނިންމާފައެވެ. އެއާއެކު އިދިކޮޅުން ދަނީ މިފަހަކުން އައިސް އެކި ނަންނަމުގައި މަގުމަތީ އިހްތިޖާޖްތައް ބާއްވަމުންނެެވެ. އަދި މި މުޒާހަރާތަކުގައި އިދިކޮޅު އެކި ލީޑަރުންނާއި ސަޕޯޓަރުން ވަނީ އެކި ފަހަރު މަތިން ހައްޔަރު ކޮށްފައެވެ.

އިދިކޮޅު ކޯލިޝަންގެ އެއްވުމެއް ކުރިއަށް ގެންދަން ނިންމާފައިވާތީ އެ ފުރުސަތު ނުދިނުމަށް، ބޮޑުތަކުރުފާނު މަގުގައި ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދު ފުލުހުން ވަނީ މިއަދުވެސް ބަންދުކޮށްފަ އެވެ. އަދި ޕީޕީއެމް އޮފީހަށް ދެވޭ ހުރިހާ މަގުތަކެއް އާންމުންނަށްވެސް ނުވަދެވޭނެހެން ފުލުހުން ވަނީ ބަންދުކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް