ads
ޕްރިޔަންކާ އަދި އޭނާގެ ބައްޕަ
ޕްރިޔަންކާ ބައްޕައަކީ މިސްކިތެއްގައި ލަވަކީ މީހެއް
ބޮލީވުޑުން މަޝްހޫރުވި ޕްރިޔަންކާ ޗޯޕްރާ އަކީ މިހާރު ހޮލީވުޑުގައިވެސް ވަރަށް މަޝްހޫރު ތަރި އެކެވެ. އަދި ގިނަ ބައެއްގެ ލޯބި އޭނާ ހޯދާފައިވާ އިރުގައި ޕްރިޔަންކާ ވަނީ އޭނާ އެމަގާމަށް ވާސިލްވީ ވަރަށް ބުރަ މަސައްކަތުން ކަމަށް ވެސް ފާހަގަކޮށްފަ އެވެ.

ޕްރިޔަންކާ އޯޕްރާ ވިންފްރީއަށް ދިން އިންޓަވިއުގައި އޭނާ ވަނީ މިއަދު ހާސިލްކޮށްފައިވާ މަގާމު އޭނާ ހޯދީ ބުރަ މަސައްކަތުންކަން ހާމަކޮށްފަ އެވެ.

މީގެ އިތުރުން އިންޑިއާގައި ތަފާތު ދީންތައް ހުންނަކަން ފާހަގަ ކުރަމުން އޯޕްރާ ކުރި ސުވާލަށް ޖަވާބު ދެމުން ޕްރިޔަންކާ ބުނީ އޭނާއަށް ކްރިސްޓިއަން، ހިންދޫ، އަދި އިސްލާމްދީނާއި ގުޅޭގޮތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެގޮތުން ޕްރިޔަންކާ ބުނީ އޭނާ ކިޔެވީ އެކި ދީންތަކާ ގުޅޭގޮތުން ކިޔަވަދިން ސްކޫލެއްގައި ކަމުން ކްރިސްޓިއާނެޓީއާ ގުޅޭގޮތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އޭނާގެ އައިލާއަކީ ހިންދޫ ދީނުގެ އާއިލާއަަކަށްވުމުން އޭނާއަށް ވަނީ އެދީން ވެސް އެންމެ ފުރިހަމަގޮތުގައި އިނގިފައި ކަމަށް ޕްރިޔަންކާ ބުންޏެވެ.

your imageޕްރިޔަންކާގެ އާއިލާ

ހަމައެއާއެކު ޕްރިޔަންކާ ވަނީ އޭނާގެ ބައްޕައަކީ މިސްކިތެއްގައި ލަވަކީ މީހެއްކަށްވާތީ އިސްލާމްދީނާއި ގުޅޭގޮތުން ވެސް އޭނާއަށް ފުދޭވަރަކަށް މައުލޫމާތު އެނގޭކަމަށް ބުނެފަ އެވެ.

ޕްރިޔަންކާ އަކީ މިހާރު ހޮލީވުޑުގައި ވެސް މަޝްހޫރުތަރިއެއް ކަމަށްވާއިރު އޭނާ އުޅެނީ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއާ ކައިވެނިކޮށްގެނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
94%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް