ads
ނިކީ ޓެމްބޮލީ
ނިކީ ކޮވިޑަށް ޕޮޒިިޓިވް ވެއްޖެ
ބިގްބޮސް 14 ވަނަ ސީޒަންގައި ނިކީ ޓެމްބޮއިލްއަކީ ފުރަތަމަ ޔަގީންވި އެއް ބައިވެރިޔާ އެވެ. އެ ޝޯގައި ނިކީ ގޭމް ކުޅެފައި ވަނީ ވަރަށް ހުށިޔާރު ކަމާ އެކުގައި ކަމަށް ހުރިހާ އެންމެން ވެސް ދެކެ އެވެ.

ބިގްބޮސްގެ ވަރުގަދަ ބައިވެރިޔާ ނިކީ ވަނީ އޭނާއަށް ކޮވިޑް 19 ޖެހިފައިވާކަން ސަޕޯޓަރުންނަށް ހާމަކޮށްފަ އެވެ. އެގޮތުން އޭނާގެ އިންސްޓާގްރާމްގައި އޭނާ ބުނެފައި ވަނީ މިހާރު އޭނާ ހުރީ ސެލްފު ކަރަންޓީނުގައި ކަމަށެވެ.

އޭނާ ޕޮޒިޓިވްވެފައިވަނީ އިއްޔެ ހެނދުކަން ހާމަކުރަމުން ނިކީ ބުނެފައި ވަނީ އޭނާ ދަނީ ޑޮކްޓަރުގެ ލަފާގެ މަތިން ބޭސް ކަމުން ކަމަށެވެ. އަދި ބަލިން ރަނގަޅުވުމަށް ސިއްހަތަށް ފައިދާ ހުރި ކެޔުންތައް ކަމުން ގެންދާ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

your imageނިކީގެ ޕޯސްޓު

ނިކީ ވަނީ އޭނާއާ ފާއިތުވެދިޔަ ދުވަސްތަކުގައި ބައްދަލުވެފައިވާ ފަރާތެއްވާ ނަމަ އަވަހަށް ކޮވިޑަށް ޓެސްޓުކުރުމަށް ވެސް އެދިފައެވެ. އަދި ކޮވިޑުން ރައްކާތެރިވެ ތިބުމަށް އޭނާ ވަނީ އެއްމެނަށް އިލްތިމާސްކޮށްފަ އެވެ.

އަދި އޭނާގެ ސަޕޯޓަރުންގެ އެއްބާލުމަށް ނިކީ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް