ads
ސައުދީއަށް ދިން ހަމަލާ:
ސައުދީގެ ވެރިރަށަށް ރިއާދަށް ޑްރޯން ހަމަލާއެއް ދީފި
ސައުދީގެ ވެރިރަށް ރިޔާދަށް މިއަދު ޑްރޯން ހަމަލާއެއް ދީފައިވާކަމަށް އެގައުމުގެ ގައުމީ ޓީވީން ހާމަކޮށްފިއެވެ.

މި ހަމަލާ ދީފައިވަނީ ރިއާދުގެ ތެޔޮ ފެކްޓްރީއަކަށެވެ. 

ހަމަލާގެ ސަބަބުން އެ ފެކްޓްރީގައި ވަނީ ހުޅު ރޯފައެވެ. 

މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އަދި ތެޔޮ ފޯރުކޮށްދިނުމަށް އެއްވެސް ހުރަހެއްވެސް ހަމަލާގެ ސަބަބުން ނޭޅޭކަަމަށް ސައުދީން ބުނެއެވެ. 

"މި ހަމަލާއަކީ ޓެރަރިސްޓުންނާއި އެމީހުންނަށް ސަޕޯޓުކުރާ މީހުން ދިން ހަަމަލާއެއް،" - ސައުދީގެ ޑިފެންސް މިނިސްޓްރީ

މި ހަމަލާގެ ޒިންމާ ޔަމަނުގެ ހޫތީން ވަނީ އުފުލާފައެވެ. އެ ޖަމާއަތުން ބުނެފައިވަނީ ސައުދީގެ ގައުމީ ތެޔޮ ފެކްޓްރީ "އާމްކޯ" އަށް ޑްރޯން ބޭނުންކޮށްގެން ހަ ހަމަލާއެއް ދީފައިވާނެކަމަށެވެ. 

ސައުދީން ތުހުމަތުކުރާ ގޮތުން "މި ހަމަލާއަކީ ދުނިޔޭގެ ހަކަތައިިގެ ސަޕްލައި ހުއްޓައިލުމަށް ޓެރަރިސްޓުން ދިން ހަމަލާ" އެކެވެ. 

ސައިދުދީ އިސްނަގައިގެން ހަދާފައިވާ ކޯލިޝަނަކުން އަންނަނީ ޔަމަނުގައި ހޫތީންނާއި ހަނގުރާމަ ކުރަމުންނެވެ. މި ހަނގުރާމަތަކުގައި އާންމު ރައްޔިތުންނާއި ކުޑަކުދިން ގިނައަދަދަކަށް މަރުވާތީ އެކަމުގެ ކަންބޮޑުވުން ބައިނަލްއަގުވާމީ ޖަމިއްޔާތަކުންނާއި އދ އިން ވެސް ވަނީ އުފުލާފައެވެ. 

50%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް