ads
އިބްރާހިމް ޝުޖާއު--
އެއްކުށަކަށް ދެ އަދަބެއް ދިނުމެއް ނޯވޭ: ޝުޖާއު
އެއް ކުށަކަށް ދެ އަދަބެއް ދިނުމަކީ ދިވެހި ގާނޫނު ދަންނަ ކަމެއް ނޫން ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅު ވެއްޖެއެވެ.

ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެއްވުންތަކަށް މީހުން ނިކުތުމުންވެސް ޖޫރިމަނާ ކުރާ ކަމަށާއި އަދި މީގެ އިތުރުން އިލެކްޝަން ކޮމިޝަން މެދުވެރިކޮށް ވެސް ޖޫރިމަނާ ކުރާ ކަމަށެވެ.  

އަދި މިއީ ކަނޑައެޅިގެން ގާނޫނުގެ އަމުރުތަކަށް ދައުލަތުގެ މުއައްސަސާތަކުން އަރައިގަތުން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

މި ފަހަކަށް އައިސް އިދިކޮޅުން ކުރާ މުޒާހަރާތައް ގިނަ ވަމުން ދާއިރު، މިހާރު އެމީހުން އަންނަނީ ސިލްސިލާ ގޮތެއްގައި ކޮންމެ ހުކުރު ދުވަހަކު މުޒާހަރާ ކުރަމުންނެވެ. އެގޮތުން މިއަދުވެސް އިދިކޮޅުން ވަނީ މުޒާހަރާކޮށްފަ އެވެ.

މުޒާހަރާތަކާއި އެއްވުންތައް ހުއްޓުވުމަށްޓަކައި ސަރުކާރުން އަންނަނީ ފިޔަވަޅު އަޅައި އެފަދަ ކަންކަމުގައި ބައިވެރިވާ މީހުން ޖޫރިމަނާކޮށް ހައްޔަރު ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް