ads
ހޮނުއެޅި މަންޒަރު:
އިންޑިއާ ޕާކެއްގައި ތިބި ބައެއްގެ ގަޔަށް ހޮނުއަޅައި، މީހަކު މަރުވެއްޖެ
އިންޑިއާ ޕާކެއްގައި ތިބި ހަތަރު މީހުންގެ ގަޔަށް ހޮނުއަޅުމުގެ ސަބަބުން މީހަކު މަރުވެއްޖެއެވެ.

ހޮނު އަޅާފައިވަނީ އިންޑިއާގެ ރާޖަސްތާނުގެ ޕާކެއްގައި ތިބި ހަތަރު މީހުންގެ ގަޔަށެވެ.

މަރުވެފައިވަނީ އުމުރުން 38 އަހަރުގެ ރަމްޕްރަސާދް ކިޔާ މީހެކެވެ. 

ވިދާ ގުގުރަންފެށުމުން އެންމެވެސް ވަނީ ގަހެއް ދަށަށެވެެ.

 ރަމްޕްރަސާދް މަރުވީ އަނެއް ތިން މީހުންނާއެކު ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށެވެ. އަނެއް ތިން މީހުންގެ ހާލު މިހާރު ރަނަގަޅެވެ. 

"ކުއްލިއަކަށް ވިއްސާރަ ނަގާ ވިދާ ގުގުރަން ފެށީ. އަހަރުމެން ވަނީ ގަސް ދޮށަށް. ދެން ކުއްލިއަށް ހޫނުވެފަ ވަރަށް ބާރު އަޑެއް އިވުނީ. އެންމެންނަށް ވެސް އަސަރު ކުރި،" އެ ހާދިސާއިން ސަލާމަތްވި މީހަކު އިންޑިއާގެ ނޫހަކަށް ބުނެފައިވެއެވެ.

އެމީހުންނަކީ އެ ޕާކުގެ ގަސްތައް ބެލެހެއްޓުމުގެ މަސައްކަތް ކުރާ ބައެކެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް