ads
މުޒާހަރާގެ ތެރެއިން____
މުޒާހަރާއިން މިއަދު ހައްޔަރުކުރި މީހުންގެ އަދަދު 25 އަށް!
އިދިކޮޅު ކޯލިޝަންއިން މިއަދު ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން މިހާތަނަށް 25 މީހުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މިއަދުގެ އިހުތިޖާޖުގެ ތެރެއިން މިހާތަނަށް ފުލުހުންގެ ބެލުމުގެ ފަށަށް ގެންގޮސްފައިވަނީ 25 މީހުން ކަމަށާއި، އަދި މިހާތަނަށް އެއްވެސް މީހަކު ދޫކޮށްލާފައި ނުވާކަމަށެވެ. 

މިއަދުގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައީ ކުރީގެ ޓޫރިޒަމް މިނިސްޓްރީގެ ނައިބު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލް އާއި، ޕީޕީއެމްގެ ގިނަ ކައުންސިލް މެމްބަރުންނާއި ސްޓިއަރިން ކޮމިޓީތަކުގެ މެމްބަރުން ހިމެނެއެވެ. 

މީގެއިތުރުން މިއަދުގެ މުޒާހަރާގެ ތެރެއިން ޕީއެންސީގެ ކައުންސިލް މެމްބަރު އާމިނަތު ޝުހުދާ ހައްޔަރުކުރުމުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާކަމުގެ ތުހުމަތު އެކޯލިޝަންއިން އަންނަނީ ކުރަމުންނެވެ. 

އިދިކޮޅު ކޯލިޝަންއިން ކޮންމެ ހުކުރު ދުވަހަކު އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ބާއްވަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް