ads
ރިސޯޓް މުވައްޒަފުންތަކެއް——ފުޓޯ:ކޯޕަރޭޓް މޯލްޑިވްސް
މިހާރު ރިޒޯޓު މުވައްޒަފުންނަށް ހައްގުވާ މިންވަރު ކަށަވަރު ވާނެ: ސަރުކާރު
"ސާވިސް ޗާޖާ ބެހޭ ގަވައިދަށް" އަމަލުކުރަން ފެށުމުން، ރިޒޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހައްގުވާ މިންވަރު ކަށަވަރު ވެގެންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު 22 ސެޕްޓެމްބަރު 2020 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ތަސްދީގު ކުރައްވާފައެވެ.

ސަރުކާރުގެ މައުލޫމާތުތައް ހިއްސާކުރައްވާ "ގަވާމެންޓް އޮފް މޯލްޑިވްސް"ގެ ޓްވިޓާގައި ހާމަކޮށްފައިވާ ގޮތުގައި އެ އިސްލާހް ތަސްދީގް ކުރެއްވުމާއި ގުޅިގެން އެކުލަވާލި "ސާވިސް ޗާޖާ ބެހޭ ގަވައިދަށް" އަމަލުކުރަން މިހާރު ފަށެމުން، ރިޒޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހައްގުވާ މިންވަރު ކަށަވަރު ވެގެންދާ ކަމަށް ބުނެފައިވެއެވެ. 

އެ ގަވައިދާއި އެއް ގޮތަށް ސާވީސް ޗާޖު ނަގަން ފަށާފައިވަނީ، މިއަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނެވެ. ސަރުކާރުގެ ފަަރާތުން ހާމަ ކޮށްފައިވާ މައުލޫމާތައް ބަލާއިރު، ސާވިސް ޗާޖު ނަގާނީ ހިދުމަތުގެ އަގުގެ މަދުވެގެން 10 އިންސައްތައިގެ ރޭޓުންނެވެ. 

ވަޒީފަ ދޭ ފަރާތުގެ ހިދުމަތެއް ދިނުމުގައި ސީދާގޮތުންނާއި ނުސީދާގޮތުން ބައިވެރިވާ ހުރިހާ މުވައްޒަފުންނަަށް ހަމަހަމައަށް ސާވިސް ޗާޖު ހައްގުވާއިރު، އެ ސާވީސް ޗާޖު ބަހާއިރު، ވަޒީފާ ދޭ ފަރާތުގެ މުވައަޒަފުން ފިޔަވައި އިތުރު ބަޔަކު ނުހިމެނެއެވެ

އެގޮތުން ސާވީސް ޗާޖުގެ ގޮތުގައި ވަޒީފާ ދޭ ފަރާތުން ކޮންމެ މަހަކު ލިބޭ ފައިސާގެ ޖުމުލަ އަދަދުގެ މަދުވެގެން 9 އިންސައްތަ މުވައްޒަފުންނަށް ދޭންޖެހެއެވެ. އަދި ވަޒީފާ ދޭ ފަރާތަށް މި ފައިސާގެ ތެރެއިން އިދާރީ ފީއެއްގެ ގޮތުގައި ގިނަވެގެން ނެގޭނީ 1 އިންސައްތައެވެ. 

ސާވީސް ޗާޖުގެ ގޮތުގައި ކޮންމެ މަހަކު މުވައްޒަފަކަށް ހައްގުވާ މިންވަރު ކަނޑައެޅުމުގައި އެ ސާވީސްޗާޖަކުން ދުވާލަކަށް ޖެހޭ މިންވަރާއި، މުވައްޒަފު ހިދުމަތްކުރި ދުވަސްތަކުގެ އަދަދަށް ބަލަންޖެހެއެވެ. 

ސަރުކާރުގެ ފަަރާތުން ހާމަ ކޮށްފައިވާ މައުލޫމާތައް ބަލާއިރު، މުސާރަ ލިބޭގޮތަށް މުވައްޒަފަށް ހައްގުވާ އެކިއެކި ޗުއްޓީތަކުގެ ދުވަސްތަަކަށްވެސް ސާވީސްޗާޖު ލިބޭނެއެވެ. 

ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ޓްރެއިންނިން ރިސޯޓުތަކާއި، ޓްރާސްސިޓް ހޮޓާ، ސިޓީ ހޮޓާތަކާއި، ބަނދަރުތައް އަދި ސަފާރީތަކުގެ އިތުރުންވެސް ފަތުރިކަމުގެ ދާއިރާއިން ޓްއަރިސްޓުން ޝާމިލްވާ ކޮންމެ ދާއިރާއަކުން ސާވީސް ޗާޖު ނެގުން ލާޒިމެވެ. 

އޭގެ އިތުރުން ފަތުރުވެރިކަން ނޫނަސް ކޮންމެ ވިޔަފާރީއަކުންވެސް ފޯރުކޮށްދޭ ހިދުމަތްތަކުން ސާވީސްޗާޖު ނެގިދާނެ ކަމަށް ސާވިސްޗާޖުގެ ގަވާއިދުގައިވެއެވެ. 

އެހެންނަމަވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް އެންމެ އެކަށީގެންވާ ސާވީސްޗާޖާއި، ރިޒޯޓު މުވައްޒަފުންނަށް ހައްގުވާ މިންވަރު ކަށަވަރު ނުކޮށްދެވޭ މައްސަލައަކީ ޒަމާނުންސުރެ ކުރިމަތިވަމުން އަންނަ ބޮޑު މައްސަލަތަކެކެވެ. 

11%
ކަމުގޮސްފި
89%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް