ads
މެމްބަރު ސައީދު އަދި މިނިސްޓަރު މާރިޔާ
ޔޫޓީއެފް މައްސަލާގައި ސަރުކާރު ކޯލިޝަން ހަނު ހުރުމުގެ ޖާގައެއް ނެތް: ސައީދު
އުތުރުތިލަފަޅު އެގްރީމެންޓުގެ މައްސަލާގައި ސަރުކާރާއި އަދި ސަރުކާރު ކޯލިޝަންގެ ބައިވެރިން ހަނު ތިބުމުގެ ޖާގައެއް ނޯންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއިން ބޭރުގެ އެއްވެސް ގައުމެއްގެ އަސްކަރީ ބާރަކަށް ރާއްޖެއިން ޖާގަ ދިނުމަކީ ނުރައްކަލެއް ކަމަށާއި، ސަރުކާރުން އުތުރުތިލަފަޅު މައްސަލާގައި ޖަވާބުދާރީ ވާންޖެހޭ ކަމަށެވެ. 

މީގެއިތުރުން ސައީދު ވަނީ އުތުރުތިލަފަޅު އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ނުވާތީ އެކަމަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވާފައެވެ. އެގޮތުން ސައީދު ވިދާޅުވީ، ގާނޫނޫ އަސާސީ ދަންނަ ހަމައެކަނި ހަމައަކީ އެފަދަ އެއްބަސްވުންތައް ރައްޔިތުންގެ މަޖިލީހަށް ހާމަކުރުން ކަމަށާއި، މިކަމުގައި ސަރުކާރާއި، އަދި ސަރުކާރު ކޯލިޝަންގެ ބައިވެރިން ހަނު ތިބެވޭނެ ޖާގައެއް ނެތް ކަމަށެވެ. 

އުތުރުތިލަފަޅުގައި އަސްކަރީ ޑޮކް ޔާޑެއް ތަރައްގީކުރުމަށް އިންޑިއާ ސަރުކާރާއި އެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއެކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އަދި ދާދިފަހުން އެ އެއްބަސްވުމުގެ ޑްރާފަޓެއް ކަމަށް ބުނާ ލިއުންތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައި ވާއިރު، އެ އެއްބަސްވުމުގަ ގައުމީ ސަލާމަތަށް ނުރައްކާ ވާފަދަ ކަންތައްތަކެއް ހުރިކަމަށް ތުހުމަތުކޮށް އިދިކޮޅުގެ މެމްބަރުން ވަނީ، އެ އެއްބަސްވުން މަޖިލީހަށް ހާމަކުރުމަށް ގޮވާލާފައެވެ. 

އަދި އެ އެއްބަސްވުމުގެ މައްސަލާގައި ސުޕްރީމް ކޯޓަށް ދިއުމަށްވެސް އިދިކޮޅު ކޯލިޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް