ads
ޕީޖީ ހުސައިން ޝަމީމް-- ފޮޓޯ: ސަން އޮންލައިން
މަސްތުވާތަކެތީގެ ފައިސާ ގެންގުޅޭނަމަ މަނީލޯންޑްރިންގެ ދައުވާކުރަން ފަށައިފި
މަސްތުވާތަކެތި އަތުލައިގަތް މައްސަލައެއްގައި، ފައިސާ ދައުރުކޮށްފައިވާ ގޮތް ބަލައިގެން، އެކަމުގައި ޝާމިލުވާ ބައެއްގެ މައްޗަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މަނީ ލޯންޑްރިންގެ ދައުވާކޮށްފި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް، އެކަން ހާމަކުރެއްވީ، އޭނާގެ ބްލޮގްގައި ލިޔުއްވި ލިޔުމެއްގަ އެވެ.

ޕީޖީ ޝަމީމް، ވިދާޅުވީ އެބާވަތުގެ ފުރަތަމަ މައްސަލަ، މިމަހުގެ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

"މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ ފައިސާ، އެހެން ކަންކަމަށް ބޭނުންކުރާ ނަމަ، މަނީ ލޯންޑްރިންގެ ދައުވާ ކުރަން ގާނޫނު ޖާގަދީފައިވާއިރު ޕީޖީ އޮފީހުގެ ސިޔާސަތަކީ، އެމަގުން ދިއުން" - ޕީޖީ ހުސެއިން ޝަމީމް

މީގެ އިތުރުން މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުންގެ ފަހަތުން ދާންޖެހޭއިރު، ފުލުހުންގެ ބުރަ މަސައްކަތުން އެކަމުގައި އުޅޭ ނެޓްވޯކްތައް ރޫޅާލެވިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ދެންއޮތް މަރުހަލާއަކީ އެކަމުގައި ހަރަކާތްތެރިވާ އަސްލު "ވިޔަފާރިވެރިން" ފަހަތުން ދިއުންކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"މަސްތުވާތަކެތީގެ މައްސަލަ ހައްލުވާނީ އަސްލު "ވިޔަފާރިވެރިން" ފަހަތުން ގޮސްގެން " - ޕީޖީ ހުސެއިން ޝަމީމް

މަސްތުވާތަކެތީގައި "އަތްނުލާ" ނުވަތަ އޭގެ އިސްތިއުމާލު ނުކުރާ މީހުންނަށް ސަލާމަތް ވެވޭނެކަމަށް މިހާރު ހީވެފައިއޮތް ނަމަވެސް ދެން އެކަން ނިމުމަކަށް އަންނާނެކަމަށާއި، މަސްތުވާތަކެތީގައި އަތް ނުލިޔަސް، ފައިސާ ބޭނުންކުރާނަމަ، އެ މައްސަލަ ތަހުގީގުކޮށް ދައުވާ ކުރެވެން އޮތް މީހުންނަށް ދައުވާ ކުރާނެކަމަށް ޝަމީމް ވިދާޅުވި އެވެ.

އެ މައްސަލަ ހައްލުކުރުމަށް ހުރިހާ ސަރުކާރަކުން ވެސް މަސައްކަތްކޮށްފައިވާ އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުން ހަރުދަނާ ކުރަންޖެހޭ ކަމަށާއި އެމަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ޕީޖީ ޝަމީމް ވިދާޅުވި އެވެ. 

ޕީޖީ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޖިނާއީ އަދުލުގެ ނިޒާމުން ކުރާ މަސައްކަތުގެ މައިގަނޑު އަމާޒަކީ މަސްތުވާތަކެތީގެ ވިޔަފާރިން މަންފާވާ، ފަރާތްތަކުގެ ފަހަތުން ދިއުންކަމަށެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް