ads
މޫސުން ގޯސް ދުވަހެއްގައި ފެރީ ދަތުރުކުރަނީ-- ފޮޓޯ: ވީނިއުސް
ރާއްޖޭގެ އުތުރަށް މޫސުން ގޯސް ވާނެ ކަމަށް މެޓުން ލަފާކޮށްފި
ރާއްޖޭގެ އުތުރަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ، ހއ. އަތޮޅުން ނ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 10:10 އިން ފެށިގެން މެންދުރު ފަހު 14:00 އާ ހަމައަށެވެ. އެގޮތުން، އެ ސަރަހައްދުތަކަށް ވިއްސާރަކުރުމާއެކު ގުގުުރާނެ ކަމަށާއި، އަދި ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށް މެޓް އިން ބުނެފައި ވެއެވެ.

ރާއްޖޭގެ މޫސުން ލާފާކުރާ ގޮތަށް ބަލާއިރު، ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި މެދުރާއްޖެތެރޭ އަތޮޅުތަކަށް ކެރީގެ އަސަރުފޯރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ބުނެއެވެ.  


އެންމެދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފަ އެވެ.

މެޓުން ބުނީ ކަނޑު އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި ރާޅު އުސްމިން އެންމެ ދެކުނުގެ އަތޮޅުތަކަށް 3-6 ފޫޒު އެހެން ހިސާބުތަކުގައި l-3 ފޫޓް ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް