ads
ކްލޮޕްއާ ޒިދާން
ޗެމްޕިއަންސް ލީގު: ރިއާލް ނުކުންނާނީ ލިވަޕޫލާ ދެކޮޅަށް
މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ސްޕެއިންގެ އިރާލް މެޑްރިޑާ، ލިވަޕޫލް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ވާދަކުރާން ޖެހިއްޖެ އެވެ. މި ދެ ޓީމު ވާދަކުރާ ކުއާޓާ ފައިނަލް ފުރަތަމަ މެޗު އޮންނާނީ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހުއެވެ.

ހުކުރު ދުވަހު އޮތް ގުރުއަތު ނެގުމުގައި އެންމެ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނު މެޗަކަށް ދިމާވެފައިވަނީ ދެހާސް ނަވާރަވަނަ އަހަރުގެ ޗެމްޕިއަން ލިވަޕޫލާ، ތޭރަ ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ރިއާލް މެޑްރިޑު ލައްވާލުމުންނެވެ. އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު މި ދެ ޓީމުގެ ފުރަތަމަ ލެގު އޮންނައިރު، މި ދެ ޓީމުގެ ދެވަނަ ލެގުގެ މެޗު އޮންނާނީ އޭޕްރީލް މަހުގެ ފަނަރަވަނަ ދުވަހުއެވެ.

ޗެމްޕިއަންސް ލީގުގެ ޑިފެންޑިން ޗެމްޕިއަން، ޖަރުމަނުގެ ބަޔާން މިއުނިކް ގުރުއަތުގައި ލައްވާލީ އެންމެ ފަހުގެ ރަނަރަޕް ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށެވެ. މިއީ އެންމެ ފަހުގެ ފައިނަލްގައި ކުޅުނު ދެ ޓީމެވެ. ކުއާޓާ ފައިނަލްގައި މެންޗެސްޓާ ސިޓީ ނުކުންނާނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށެވެ. އަދި ޗެލްސީ ނުކުންނާނީ ޕޯޓޯއާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް