ads
ރާއްޖެ 63 ފަހަރު އައި ދެމަފިރިން
63 ވަނަ ފަަހަރަށް ރާއްޖެ އައި ދެމަފިރިއަކަށް ހޫނު މަރުހަބާއެއް
63 ވަނަ ފަަހަރަށް ރާއްޖެއަށް ޒިޔާރަތްކުރި ފްރާންސްގެ ދެމަފިރިންނަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ޗުއްޓީއަށް އައި 63 ވަނަ ދަތުރުގައި މިއަދު ރާއްޖެ އައިސްފައިވަނީ ނަޓަލީ ނިޓެލް އާއި އޭނާގެ ފިރިމީހާ މާކް ނިޓެލް އެވެ. މިއީ ފްރާންސްގެ ދެމަފިރިންނެވެ.

1991 ވަނަ އަހަރުން ފެށިގެން ކޮންމެ ފަހަރަކު ވެސް ރާއްޖެއަށް އަންނަނީ ރާއްޖޭގެ ރީތިކަމާއި، ރާއްޖޭން ލިބޭ މެހެމާންދާރީގެ ސަބަބުން ކަަމަށް މި ދެމަފިރިން ބުންޏެވެ.

މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމްގެ ދަށުން މި ދެމަފިރިންނަށް މަރުހަބާ ކިޔުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީގެ އިތުރުން ޓްރާންސް މޯލްޑިވިއަން އެއާވޭސް އިން ވަނީ ދެމަފިރިންނަށް ހަދިޔާތަކެއް ދީފައެވެ. އަދި އެއާޕޯޓުގައި ހުންނަ ކޮކޯޕާމް ދުނިކޮޅު ލައުންޖްގައި މި ދެމަފިރިންގެ ޝަރަފުގައި ވަނީ ކޭކެއް ފަޅާފަ އެވެ.

މިގޮތަށް ގިނަފަހަރުމަތިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަގުވަޒަންކޮށް އެމީހުންނަށް ހޫނު މަރުހަބާއެއް ކިއުމަށް ޓޫރިޒަމް މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިމަހުގެ މެދެއްހާ ހިސާބުގައި 60 ވަނަ ފަހަރަށް ރާއްޖެ ޒިޔާރަތްކުރި ދެމަފިރިއަކަށް ވެސް ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ. އެއީ ވެސް ހަމަ ފަރަންސޭސި ވިލާތުގެ ދެމަފިރިންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް