ads
ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން-
ޕާކިސްތާނުގެ ބޮޑު ވަޒީރަށް ކޮވިޑް ޖެހިއްޖެ
ޕާކިސްތާނުގެ ބޮޑު ވަޒީރު، އިމްރާން ހާން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އުމުރުން 68 އަހަރުގެ އިމްރާން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެގައުމުގެ ހެލްތު މިނިސްޓަރު ވަނީ ހާމަކުރައްވާފަ އެވެ. އަދި އެމަނިކުފާނު މިވަގުތު ހުންނެވީ ހޯމް އައިސޮލޭޝަންގަ އެވެ. 

ކުރިން ޕާކިސްތާނުގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަންކަން ވެސް ކުރެއްވި އިމްރާން ހާން، ގައުމުގެ ބޮޑު ވަޒީރުކަމަށް އިންތިހާބުވެވަޑައިގަތީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. 

އިމްރާން ކޮވިޑަށް ޕޮޒިޓިވްވެފައި މިވަނީ މީގެ ދެ ދުވަސްކުރިން ކޮވިޑުން ރައްކާތެރިވުމަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައިވަނިކޮށެވެ.

ޕާކިސްތާނުުން 623،135 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު 13،799 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް