ads
ދިވެހި ލީގުގެ މެޗެއްގެ ތެރެއިން
ދިވެހި ލީގު ފެށުމާ މެދު މިއަދު ގޮތެއް ނިންމަނީ
ކޮވިޑާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން، މެދު ކަނޑާލާފައިވާ ދިވެހި ޕްރިމިއާ ލީގުގެ ކުޅުން އަލުން ފެށުމާ ގުޅޭ ގޮތުން މިއަދު ގޮތެއް ނިންމާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ލީގުގެ ކުޅުން މެދު ކަނޑާލީ މިދިޔަ މަހުގެ ކުރީކޮޅުއެވެ. ލީގުގެ ކުޅުން މެދު ކަނޑާލީ، ކޮވިޑުގެ ކޭސްތައް މާލެ ސަރަހައްދުގައި އިތުރުވެ، އެޗްޕީއޭއިން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ކުޅިވަރުގެ ހުރިހާ ހަރަކާތެއް މެދު ކަނޑާލުމާ ގުޅިގެންނެވެ. އޭގެ ފަހުން، ކުލަބުތަކުގެ ހުރިހާ ކުޅުންތެރިންނާ އޮފިޝަލުންވަނީ ވެކްސިން ޖަހާފައެވެ. އަދި އެޗްޕީއޭގެ ހުއްދައަކާ އެކު ކްލަބުތަކުން އަންނަނީ ފަރިތަކުރަމުންނެވެ.

އެފްއޭއެމުން ޔޫތު މިނިސްޓްރީ މެދުވެރިކޮށް ކުރިން މަސައްކަތް ކުރަމުން އައީ، މެދު ކަނޑާލާފައިވާ ލީގުގެ ކުޅުން މިއަދު ފެށޭތޯއެވެ. އެހެންނަމަވެސް އެކަން ކޮޅެއްގައި ނުޖެހުނީ މާލެ ސަރަހައްދުގައި ކޮވިޑު ކޭސްތައް މަދު ނުވެ، އެޗްޕީއޭގެ މިންގަނޑުތައް ލުއި ނުކުރުމުންނެވެ.

ލީގު މެދު ކަނޑާލާފައި އޮންނަން ޖެހުމުގެ ސަބަބުން ކުލަބުތަކަށް ބޮޑެތި ގެއްލުންތަކެއްވަމުންދާ ކަމަށް ކުޅިވަރު ވަޒީރުވެސްވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް