ads
ފ. ނިލަންދޫ
ނިލަންދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ފ. ނިލަންދޫން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ނިލަންދޫ ކައުންސިލްގެ ޑިރެކްޓާ މުނީރާ އިބްރާހިމް ވިދާޅުވީ، ނިލަންދޫގައި ހޯމް ކަަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އިއްޔެ އެނގިފައިވާ ކަމަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ ހޯމް ކަރަންޓީން މުއްދަތު ހަމަވެ ރިލީޒް ސާމްޕަލް ނެގުމުން ކަމަށްވެސް މުނީރާ ވަނީ ވިދާޅިވެފައެވެ.

އެމީހާ ރަށުން އެކަކާ ކޮންޓެކްޓުވިކަން ފާހަގަވެ، ރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް