ads
އެމްޖޭ5--
އެމްޖޭ5 އިން ރާއްޖޭގައި ކުޅުނު ލަވަ ބަލައިފިންތަ؟
އިންޑިއާގެ މަޝްހޫރު ޑާންސް ގްރޫޕް އެމްޖޭ5 އިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލަން އައިސްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅެވެ.

ކިހާ މޯލްޑިވްސް އައިލެންޑް ރިސޯޓުގަ އި އެ ގްރޫޕުގެ ފަސް މެމްބަރުން ޗުއްޓީ ހޭދަކުރުމަށް ފަހު އަނބުރާ ގައުމަށް ގޮސް، މިވަނީ މި ޗުއްޓީގެ ތެރެއިން ރާއްޖޭގައި ކުޅުނު ވީޑިއޯއެއް ވެސް ދޫކޮށްލާފަ އެވެ. 

އެގޮތުން ރިސޯޓުގެ ހިތްގައިމު ރީތިކަން ފެންނަ ގޮތަށް ކުޅެފައިވާ މި ލަވައިގެ ނަމަކީ "ބަވާލް" އެވެ. މީގެ ހަފްތާއެއް ކުރިން ނެރުނު މި ލަވައަށް މިހާތަނަށް ހަ މިލިއަނަށް ވުރެ ގިނަ ވިއުސް ވެސް ލިބިފައިވެ އެވެ. 

ޑާންސް ކުރޫއެއްގެ ގޮތުގައި މަަސައްކަތްކުރި "އެމްޖޭ5" އަކީ އިންޑިއާގެ ފުރަތަމަ ބޯއީ ބޭންޑް ވެސް މެ އެވެ. 

އެމީހުންގެ ފުރަތަމަ ލަވަ ރިލީޒްކޮށްފައިވާއިރު މި ލަވަ ކިޔާފައި ވަނީ ވެސް ކާތިކް އާއި ރޯހިތު އަދި ޑެނިސް އެވެ. މިއީ ހުސް އެ ގްރޫޕުގެ މެމްބަރުންނެވެ.

މި ލަވަ ގިނަ ބަޔަކަށް ވަނީ ކަމުގޮސްފަ އެވެ. 

މީގެ ކުރިން ވެސް އިންޑިއާގެ ބޭންޑެއް ކަމަށްވާ "ސަނަމް" އިން ވަނީ ރާއްޖޭގައި ލަވައެއް ކުޅެފަ އެވެ. 

45%
ކަމުގޮސްފި
41%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް