ads
ވެލާނާ އެއާޕޯޓުގައި ގިނަ އަދަދެއްގެ ފަތުރުވެރިން---
މިއަހަރު މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 250،000 އިން މަައްޗަށް!
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ދެލައްކަ ފަންސާސް ހާސް ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މި މަހުގެ ވިހި ވަނަ ދުވަހާއި ހަމައަށް 251,286 ފަތުރުވެރިއެއް ރާއްޖެ ޒިޔާރަތް ކޮށްފައިވާއިރު މި އަހަރުގެ ޖަނަވަރީ މަހުގައި 92,103 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އަދި ފެބްރުވަރީ މަހު 96,882 ފަތުރުވެރިއެއް ރާއްޖެ އައިސްފައިވާ ކަމަށާއި މިހިނގާ މާޗު މަހުގެ ނަވާރަ ވަނަ ދުވަހާ ހަމައަށް 62,301 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ 34.2 އިންސައްތަ ދަށަށް ގޮސްފަ އެވެ. އެވެރޭޖްކޮށް ދުވާލެއްގެ މައްޗަށް 3,222 ފަތުރުވެރިން ރާއްޖެ އައިސްފައި ވާއިރު އާންމު ގޮތެއްގައި ފަތުރުވެރިން ރާއްޖޭގައި އަށް ދުވަހެއްގެ މުއްދަތަކަށް މަޑު ކޮށްފައިވެއެވެ.  

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ އިންޑިއާއިން ކަމަށް ވާއިރު ޖުމްލަ ރާއްޖެ އައި ފަތުރުވެރިންގެ 23.8 އިންސައްތަ މީހުންނަކީ އިންޑިއާއިން އައި މީހުންނެވެ. އަދި 21.7 އިންސައްތަ ފަތުރުވެރިންނާއެކު ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވަނީ ރަޝިޔާއިންނެވެ. 

ކޮވިޑް-19 ގެ ހާލަތާއެކު ފަތުރުވެރިން ރާއްޖެ ގެނައުން ހުއްޓާލުމަށް ފަހު މިހާރު އަނެއްކާވެސް 682 ތަނަކުން ވަނީ އަލުން ހިދުމަތް ދޭން ފަށާފައެވެ. އޭގެ ތެރޭގައި 149 ރިސޯޓަކާއި، 385 ގެސްޓުހައުސްއެއްގެ އިތުރުން 137 ސަފާރިއަކާއި 11 ހޮޓަލެއް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް