ads
އިންފޮމޭޝަން ކޮމިޝަނަރު، ހުސެއިން ފިޔާޒު މޫސާ-- ފޮޓޯ: އަވަސް
އިންފޮމޭޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވައިފި
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުން ހުސެއިން ފިޔާޒު މޫސާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ފިޔާޒު އައްޔަން ކޮށްފައި ވަނީ އޮކްޓޫބަރު 31، 2019 ގަ އެވެ. އެބޭފުޅާ އިސްތިއުފާ ދެއްވި އިރު އެ އޮފީސް (އައިކޮމް) ހިންގެވުމާ ހަވާލުވެ ވަޑައިގެން ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ބަދަލުތައް ގެނައުމާއެކު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު، ގާނޫނުގައިވާ ގޮތަށް ފުޅާކޮށް، އާންމުނަށް އެންމެ މުހިންމު އެއް އިދާރާއަށް އައިކޮމް ބަދަލުކޮށް ދެއްވާފައި ވެއެވެ.

ފިޔާޒަކީ މާސް ކޮމިއުނިކޭޝަންގެ ދާއިރާއިން ޑިގްރީއެއް ހާސިލް ކުރައްވައި ނޫސްވެރި ކަމުގައި 19 އަހަރު ހޭދަ ކުރައްވާފައިވާ ބޭފުޅެކެވެ. އެބޭފުޅާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ހަވީރު ނޫހުގަ އެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ހުންނެވީ ރާއްޖެޓީވީގެ ސީއީއޯގެ މަގާމުގަ އެވެ.
މިހާރު އަޑު ފެތުރިފައިވާ ގޮތުގައި އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުން ފިޔާޒު މިއަދު އިސްތިއުފާ ދެއްވީ، ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލުންގެ ޓީމުގައި މަސައްކަތް ކުރެއްވެވި ގާނޫނީ ވަކީލު މަހްފޫޒު ސައީދާއި ފިޔާޒުގެ އަނބިކަނބަލުންގެ ހިއްސާ އޮންނަ ގޮތަށް "އަދަދު" ގެ ނަމުގައި އާ ދުވަހު ނޫހެއް ފެށުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އެނގިފައިވާ ގޮތުގައި އެ ނޫހުގެ ޗީފް އެޑިޓަރުގެ ގޮތުގައި މަސައްކަތް ކުރައްވާނީ ފިޔާޒެވެ. 

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަ ކުރުމަށް ހުރި ހުރަސްތައް ނައްތާލައި ވީހާވެސް ބޮޑަށް މައުލޫމާތު ހާމަކުރުމަށް ފުރުސަތު ހުޅުވާލުމުގެ ގޮތުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 2014 ގައި އުފައްދާފައިވާ މިނިވަން މުއައްސަސާ އެކެވެ.

ފިޔާޒުގެ ކޮމިޝަނާ ކަމުގައި އައިކޮމްގެ ދައުރު ފުޅާކޮށް އާންމުން ބަލައިގަންނަ އަދި އޮފީހަކަށްވި އިރު ސަރުކާރުގެ ބައެއް އިދާރާތަކާއި ބައެއް ވެރިން ފަހަކަށް އައިސް އެންމެ ހިތްހަމަ ނުޖެހޭ އޮފީހަކަށް ވެސް ވެފައިވަނީ އައިކޮމް އެވެ

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް