ads
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު---
ޝިފާގެ ރައްދު މުއިއްޒުއަށް: މި 2 އަހަރުތެރޭ 30 ދިވެހިންނަށް ވަޒީފާ ދިނިން!
މި ދެއަހަރުގެ ތެރޭގައި މާލެ ސިޓީ ކައުންސިލުން ބިދޭސީން މަދުކޮށް އިތުރު 30 ދިވެހިންނަށް ވަޒީފާ ދީފައިވާ ކަމަށް ވިދާޅުވެ، މާލެ ސިޓީ މޭޔަރު ޝިފާ މުހަމައްދު، ޑރ. މުހައްމަދު މުއިއްޒުއަށް ރައްދުދެއްވައިފި އެވެ.

މޭޔަރު ޝިފާ މިމޭރުމުން ޑރ. މުއިއްޒުއަށް ރައްދުދެއްވީ، މާލެ ސިޓީ ކައުންސިލް އަކީ ދިވެހިންނަށް ވަޒީފާތައް ދިނުމުގައި އިސްކަންދޭ ތަނަކަށް ވާންޖެހޭކަމަށް ވިދާޅުވެ ވާހަކަ ދެއްކެވެމުންނެވެ. 

ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސިޓި ކައުންސިލުން ބިދޭސީން މުވައްޒަފުން މަދުކޮށް އެވަޒީފާތަކަށް ދިވެހިން ނެގުމުގެ ސިޔާސަތު އެކަށައަޅައި ތަންފީޒު ކުރަންޖެހޭ ކަމަށާއި، އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ވަޒީފާގެ ފުރުސަތުތައް ތަނަވަސް ކޮށްދޭން ޖެހޭކަމަށެވެ. 

މާލެ ސިޓީ މޭޔަރުމަކަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ޑރ. މުއިއްޒުގެ މި ވާހަކައަށް ރައްދު ދެއްވައި މޭޔަރު ޝިފާ ވިދާޅުވީ، 7 އަހަރު ދުވަހު ސިޓީ ކައުންސިލްގެ ބާރު ކަނޑުވާލައި ހުރިހާ ސެކްޝަނެއް މިނިސްޓްރީގެ ދަށަށް ގެންގޮސްގެން ގެންގުޅުއްވިއިރު އެއްވެސް ބިދޭސީއަކަށް ބަދަލެއް ގެނެސްފައިނުވާ ކަމަށެވެ. 

ނަމަވެސް މި ދެއަހަރުގެ ތެރޭގައި ބިދޭސީން މަދުކޮށް 30 ދިވެހިން އިތުރުކޮށްފައި ވާކަމަށާއި، އަދި ކުރިއަށް އޮތްތާންގައި 200 ދިވެހިން ނަގަން ޕްލޭން އެކުލަވާލެވިފައިވާކަމަށް ޝިފާ ވިދާޅުވިއެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް