ads
-----
މީޑިއާނެޓް ރޯދަ ހަދިޔާ: އަށް މީހަކަށް އަދިވެސް ފުރުސަތު އެބައޮތް!
އޭޕްރީލް މަހުގެ 14 ވަނަ ދުވަހުގެ ކުރިން މީޑިއާނެޓް ރޯދަހަދިޔާ ޕޮރޮމޯޝަނުގައި ބައިވެރިވެ، އަގުބޮޑެތި އިނާމުތައް ހޯދުމުގެ ފުރުސަތު އެބަ އޮތް ކަމަށް މީޑިއާނެޓުން ބުނެފި އެވެ.

މީޑިއާނެޓުން ބުނީ މިޕޮރޮމޯޝަންގައި ބައިވެރިވާ ކަސްޓަމަރުންނަށް ގުރޭންޑް، ވީކުލީ އަދި މަންތްލީ ޕްރައިޒް ލިބުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. 

ގްރޭންޑް ޕްރައިޒްގެ ގޮތުގައި އެއްވަނަ އިނާމަށް އައިފޯން 12 ޕްރޯ މެކްސް އާއި މެކްބުކް ޕްރޯ އަދި ދެވަނަ އިނާމުތަކުގެ ތެރޭގައި ހިމެނެނީ އައިޕެޑް ޕްރޯއެވެ. އަދި ތިން ވަނައަށްދާ ފަތާތަކަށް 65 އިންޗީގެ ޓީވީއެއް ލިބޭނެ އެވެ. 

އޭގެ އިތުރުން ވީކްލީ ޕްރައިޒްއަށް، 15،000 ރުފިޔާގެ ގިފްޓް ވައުޗަރެއް އަދިވެސް ހަތަރު ފަރާތަކަށް ލިބުމުގެ އިތުރުން، މަންތްލީ ޕްރައިޒްގެ ގޮތުގައި އައިފޯން 12 ޕްރޯއެއް އަދިވެސް އެއް ނަސީބުވެރިއަކަށް ލިބުމުގެ ފުރުސަތު އެބަ އޮތެވެ. 

މިދިޔަ ހަފްތާގެ ތެރޭގައި މީޑިއާނެޓުން ވަނީ ވީކްލީ ޕުރައިޒް ލިބުނު 4 ވަނަ ނަސީބުވެރި ފަރާތް، އަދި ފުރަތަމަ މަންތްލީ ޕްރައިޒް ލިބުނު ފަރާތްވެސް ހޮވާލާފަ އެވެ. އެގޮތުން މަންތްލީ ޕްރައިޒް އައިފޯން12 ޕްރޯ ލިބުނީ މ. ވޭވަށް ނިސްބަތްވާ ހަމްދޫން މުހައްމަދުއަށެވެ. އަދި ވީކުލީ ޕްރައިޒް ފުރަތަމަ ހަފްތާގެ ލިބިފައިވަނީ އާދަމް އަލީ އަށެވެ. އަދި ދެވަނަ ހަފްތާގަ ހުސެއިން ޝިހުބާނަށް ލިބުނުއިރު ތިންވަނަ ހަފްތާގަ ހައްވާ އަޒްލީފާއަށް، އަދި ހަތަރުވަނަ ހަފްތާގަ އަހުމަދު ޝާމްއަށް އިނާމު ވަނީ ލިބިފަ އެވެ.

ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް މީޑިއާނެޓް އަށް ސަބްސްކްރައިބްކޮށްގެން މި ޕޮރޮމޯޝަންގައި
ބައިވެރިވެވޭނެ އެވެ. މީޑިއާނެޓްގެ ވޯންޓް އިޓް އޯލް ޕެކޭޖް އެކްޓިވޭޓް ކުރުމުން ގުރޭންޑް ޕްރައިޒް، ވީކްލީ އަދި މަންތުލީ ޕްރަޒްގައި ބައިވެރިވެވޭނެ އެވެ. އަދި ފެމިލީ ޕެކޭޖަށްވުރެ މަތީ ޕެކޭޖް އެކްޓިވޭޓް ކުރާ ކަސްޓަމަރުން ވީކްލީ އަދި މަންތްލީ ޕްރައިޒްގައި ބައިވެރިވުމުގެ އިތުރުން މީޑިއާނެޓާއި އަލަށް ގުޅޭ ކަސްޓަމަރުންނާއި ރިކަނެކްޓު ކުރާ ކަސްޓަމަރުން ޕެކޭޖް އެކްޓިވޭޓް ކޮށްގެން މަންތްލީ ޕްރައިޒްގައި ބައިވެރިވެވޭނެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް