ads
ވަށަފަރަށް ލެއްގި މަސްތުވާތަކެތި---
ވަށަފަރަށް ވެސް މަސްތުވާތަކެތި ލައްގައިފި
ހއ. ވަށަފަރަށް ވެސް މަސްތުވާތަކެތި ލައްގާފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ މެމްބަރު މުހައްމަދު ޒަކީ ވިދާޅުވީ އެރަށަށް ލައްގާފައި ވަނީ ހަތަރު ޕެކެޓް ކަމަށެވެ. އެ އިން ކޮންމެ ޕެކެޓެއްގައި ވެސް ކިލޯއެއް ހުންނާނެކަމަށާއި މިހާރު އެ ތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. 

ޒަކީ ވިދާޅުވި ގޮތުގައި މަސްތުވާތަކެތި ފެނުނީ ރަށުގެ އިރުމަތި ކޮޅުންނާއި ހުޅަނގުންނެވެ. އެ ދެ ސަރަހައްދުން ވެސް ފެނުނީ ދެ ޕެކެޓެވެ. 

ޒަކީ ވިދާޅުވީ މަސްތުވާތަކެތި ބަންދުކޮށްފައި ހުރީ "ވަރަށް ރަނގަޅަށް އޮޅައިގެން" ކަމަށެވެ.

މިއަދު ހއ. ފިއްލަދޫ އިން ވެސް ވަނީ މަސްތުވާތަކެތި ފެނިފަ އެވެ. ކައުންސިލްގެ ރައީސް މުހައްމަދު ފަލާހް ވިދާޅުވީ، މަސްތުވާތަކެތި ފެނުނީ ރަށުގެ ފާލަން ކައިރިން ކަމަށާއި، އެތަކެތި ފެނުނީ މަހަށް ގޮސްފައި އައި ދޯންޏަކަށް ކަމަށެވެ.  

ފިއްލަދޫއަށް ލެއްގި ސާމާނު ވެސް ހުރީ ވަރަށް ރަނގަޅަށް ބަންދުކޮށްފަ އެވެ. ރާއްޖޭގައި ބޭނުން ނުކުރާ ބާވަތެއްގެ "ކޮފީ" ޕެކެޓުތަކެއްގެ ތެރެއަށް ލާފައި، ގޯންޏެއްގެ ތެރޭގައި އެތަކެތި ހުރިއިރު ބޮޑަށް ލަފާކުރެވެނީ އެއީ ބޭރުން އޮޔާ އައިސްފައިވާ އެއްޗަކަށް ކަމަށާއި، އެގޮތުން އެތަކެތި ފެނުނު އިރު ހުރީ ފާލަމުގައި އައްސާފައިވެސް ނޫންކަމަށް ފަލާފް ވިދާޅުވިއެވެ. އަދި މީގެއިތުރުން، ފެންނަ ފެނުމަށް އެ ގޯނި ވަރަށް ގިނަ ދުވަސް ވާންދެން މޫދުގައި އޮތް އެއްޗެއް ކަމަށް ލަފާކުރެވޭކަމަށްވެސް ފަލާހް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް