ads
ފޮނަދޫގައި އަލަށް އިމާރާް ކުރި މިސްކިތް ރަސްމީކޮށް ހުޅުވަނީ --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ފޮނަދޫގައި އަލަށް އިމާރާތް ކުރި މިސްކިތް ރަސްމީކޮށް ހުޅުވައިފި
ލ. ފޮނަދޫގައި އަލަށް އިމާރާތް ކުރި މިސްކިތް ރަސްމީކޮށް ހުޅުވައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި "އަލް މަސްޖިދުލް ވިދާދި" ރަސްމީކޮށް ހުޅުވާފައިވަނީ ބުރާސްފަތި ދުވަހު އެވެ. އަދި މި މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ.

މި މިސްކިތަކީ އިނޯކާ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން އިމާރާތްކޮށްފައިވާ މިސްކިތެކެވެ. އަދި މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ. 

އިނޯކާ ޕްރައިވެޓް ލިމިޓެޑާއި އެކު މި މިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީން ސޮއިކުރައްވާފައިވަނީ 28 އޮކްޓޯބަރ 2019 ގައެވެ. އަދި އޭގެ ފަހުން މިސްކިތުގެ ބިންގާ އަޅާފައިވަނީ 27 ނޮވެމްބަރ 2019 ގައި ކަމަށް މިނިސްޓްރީން ބުނެއެވެ. 

މީގެ އިތުރުން މި މިސްކިތް އިމާރާތް ކުރުމަށް ޖުމްލަ 6.4 މިލިއަން ރުފިޔާ ހަރަދުވި ކަމަށް މިނިސްޓްރީން ބުނެއެވެ. 

މި މިސްކިތް ބިނާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުގައި ހިމެނޭ ކަމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް