ads
މާލެ މަގުމަތި----
ކެފޭ އުސޫލުން ޑްރަގުގެ ހިދުމަތްދޭ ގެއެއް ބަލާފާސްކޮށްފި
ކެފޭ އުސޫލުން މާލޭގައި މަސްތުވާތަކެތީގެ ހިދުމަތް ދެމުންދާތީ، ގެއެއް ފުލުހުން ބަލާއިފާސްކޮށްފި އެވެ.

ފުލުހުން ބަލާއި ފާސްކުރީ ވަނީ މ. ކުއްޅަފިލާގެ އެވެ. 

އެގެއަކީ ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ މީހުން އާންމުކޮށް ވަދެނިކުމެ އުޅޭ ތަނެއް ކަމަށްވާތީ އެކަން ހުއްޓުވުމުގެ ގޮތުން ފުލުހުން ދޭތެރެ ދޭތެރެއިން އެ ގެ ބަލާފާސްކުރާ ކަމަށް ފުލުހުން ބުނެ އެވެ.

އެގޮތުގެ މަތިން މިއަދު ބަލާއި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި ފަސް ޕެކެޓާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަަމަށް ވެސް ފުލުހުން ބުނެ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް