ads
އާންމުވި ވީޑިއޯ--
އަނިޔާކުރިއިރު އަޅާނުލާ ފުލުހުން ތިބި މައްސަލަ ބަލަން އެދިއްޖެ
ރޭގެ ވަގުތެއްގައި ކާނިވާ ސަރަހައްދު ކައިރީގައި ހުންނަ ބަސް ހުއްޓި ކައިރީގައި މީހަކަށް އަނިޔާކުރާ ވީޑިއޯއެއް އާންމު ވެފައިވާއިރު އެތަނުގައި ފުލުހުން އަޅާނުލައި ބަލަން ތިބި މައްސަލަ ބެލުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެދިވަޑައިގަނެފި އެވެ.

އެގޮތުން މިކަން ހިނގާދިޔައިރު އެސަރަހައްދުގައި ތިބި ފުލުހުން އަމަލުކޮށްފައިވަނީ އެކަމަށް އޮންނަ އުސޫލުގެ ތެރެއިންތޯ އާއި ފުލުހުން ދައުރު އަދާކޮށްފައިވާ ގޮތް ބެލުމަށް ކޮމިޝަނާ އޮފް ޕޮލިސް ޕްރޮފޭޝަނަލް ސްނޭންޑާޑްސް ކޮމާންޑަށް އަންގާފައި ވާއިރު ފުލުހުންގެ މީޑީއާ އޮފިޝަލް ވަނީ މިކަން ކަށަވަރު ކޮށްދެއްވާފަ އެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އެމީހާއަށް އަނިޔާވާ ގޮތަށް އޭނާގެ ގައިގައި ހިފަހައްޓައިގެން ތިބީ ދެ ފިރިހެނުންނާއި އެއް އަންހެނެކެވެ. އަދި އެ ވީޑީއޯއިން ފެންނަ ގޮތުގައި އޭނާގެ ދެފައި އެކުގައި ވަނީ ބަނދެފައެވެ. 

މި ވީޑީއޯ އާންމުވުމާއި ގުޅިގެން އާއިލާއިން އެކަމާ ނުރުހުން ފާޅުކޮށްފައިވާއިރު، މިއާއެކު ފުލުހުންނަށް ވެސް ދަނީ ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒު ވަމުންނެވެ. 

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވެފައި ވަނީ އެވީޑިއޯގައި ފެނިގެން އެދަނީ ނުކުޅެދުންތެރިކަން ހުންނަ މީހަކު އާއިލާއިން ހޯދާއި، އޭނާ ހޮސްޕިޓަލަށް ގެންދަން އުޅުމުގެ ތެރޭގައި އެކަމާ އޭނާ ގަދަ ހަދާތީ ގަދަކަމުން ހޮސްޕިޓަލަށް ގެންދަން އުޅުނު މަންޒަރު ކަމަށެވެ. 

ފުލުހުން އިތުރަށް ވިދާޅުވެފައި ވަނީ މިހާރު އޭނާ ހޮސްޕިޓަލަށް ގެންދެވި އޭނާއަށް ބޭނުންވާ ފަރުވާ ދެވެމުން އަންނަ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް