ads
ރޯވި އަލިފާން ނިއްވާލާފައި--
މާލޭގެ ގެއެއްގެ ބަދިގޭގައި އަލިފާން ރޯވެ ގެއްލުން ވެއްޖެ
މ. ސަމަންދަރުގެ ގޭގެ އަށް ވަނަ ފަންގިފިލާގެ ބަދިގެއެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލާފި އެވެ.

މިއަދު ހެނދުނު 7:38 ހާއިރު އެ ކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ކުރިއިރު ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

އެމްއެންޑީއެފުން އިތުރަށް ބުނީ އަލިފާން ރޯވީ އުނދުނަށް އުނދާފައި ހުރި ތައްޓެއްގައި ކަމަށެވެ. 

އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯތަކަށް ބަލާއިރު ވަރަށް ބޮޑަށް ބަދިގެއަށް ގެއްލުންފައި ހުރި މަންޒަރު ފެނެ އެވެ. އެގޮތުން ބަދިގޭގައި ހުރި ބައެއް ސާމާނަށް ވެސް ގެއްލުންވެފައި ހުރި މަންޒަރު ފެނެ އެވެ. އަދި ބަދިގެ ކައިރީގައި ހަރުކޮށްފައި ހުރި ޓީވީއަށް ވެސް ކޮންމެވެސް ވަރަކަށް ގެއްލުންވެފައި ހުރި މަންޒަރު ފޮޓޯތަކުން ފެނެ އެވެ. 

މީގެ ކުރިން ވެސް މިގޮތަށް ބަދިގޭގައި އަލިފާނުގެ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް