ads
މިނިސްޓަރު ފައްޔާޒް އިސްމާއީލް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ލެޑިދާނެ ކަމަށް ފަހަތަށް ޖެހުމަކީ ދަންނަ ކަމެއް ނޫން: މިނިސްޓަރު ފައްޔާޒް
ލެޑިދާނެ ކަމަށް ފަހަތަށް ޖެހުމަކީ ދަންނަ ކަމެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިހެން ވިދާޅުވެ ޓުވީޓު ކުރައްވާފައިވަނީ، ސަރުކާރުން މަސައްކަތްކުރަމުން ދަނީ އައްޑޫ ސިޓީގެ ތަރައްގީގެ މަސައްކަތުގައި "ހައި ޖަމްޕެއް" ޖެހޭތޯ ކަމަށް އެމަނިކުފާނު ވިދާޅުވި ހަބަރު ނޫހެއްގައި ލިޔެފައިވާ ގޮތަށް ރައްދު ދެއްވަމުންނެވެ. 

އެގޮތުން އެ ނޫހުގައި މި ހަބަރު ގެނެސްފައިވަނީ "އައްޑޫ ތަރައްގީގައި "ހައި ޖަމްޕު" ޖަހާއިރު އަނގަވަތަށް ނުލެޑޭތި" މިހެނެވެ.

މިކަމަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އޮބްޖެކްޓިވް ހާސިލު ކުރުމަށް ރިސްކު ނަގަމުން ދާނެ ކަމަށެވެ. އަދި ފަހަރުގައި "ލެޑިވެސް ދާނެ" ކަމަށާއި، ނަމަވެސް ފޮޅާއި ތެދުވެވިއްޖެއާ އަލުން "ޖަމްޕަށް" ޓްރައި ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން މަސައްކަތްކުރަމުން ދަނީ އައްޑޫ ސިޓީގެ ތަރައްގީގެ މަސައްކަތުގައި" ހައި ޖަމްޕެއް" ޖެހޭތޯ ކަމަށް މިނިސްޓަރު ވިދާޅުވެފައިވަނީ އެމްޑީޕީ "ރަށްވެހި ފަތިސް" ކެމްޕެއިނުގައި ވާހަކަ ދައްކަވަމުންނެވެ. 

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
80%
ވަރަށް ސަލާމް
ކޮމެންޓްސް