ads
މައިމޫނާ އާއި ބޮޗޭ--
އަޅުގަނޑަށް ފެނޭ މައިމޫނާ ދިގު މުއްދަތަށް ޖަލުގައި އޮންނަތަން: ބޮޗޭ
ޑިރެކްޓާ ޖެނަރަލް އޮޕް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ޖަލުގައި އޮންނަވާތަން ފެންނަ ކަމަށް މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެ އެވެ.

ސީއެންއެމް ޓީވީގެ "އިތުރުކާފު" ޕްރޮގްރާމުގައި ބޮޗޭ ވިދާޅުވީ، ކޮވިޑް-19 ގެ ކަންކަން ފެށިގެން އައި ދުވަސްވަރު އެޗްޕީއޭ އިން ވެސް މަަސައްކަތްކުރީ ވަރަށް ރަނގަޅަށް ކަމަށެެވެ. އެގޮތުން ސިއްހީ ދާއިރާގައި މަަސައްކަތް ކުރާ މީހުންނަށް ސެލިއުޓްކުރަން ބޭނުންވާ ކަމަށާއި އެ ކުރަމުންދަނީ ވަރަށް ބުރަ މަަސައްކަތެއް ކަމަށް ވިދާޅުވި އެވެ. 

ބޮޗޭ އިތުރަށް ވިދާޅުވީ ސިއްހީ ދާއިރާގައި މަަސައްކަތްކުރާ މީހުން އެމީހުންގެ މުޅި އާއިލާ ރިސްކެއްގެ ތެރެއަށް ވައްޓާލާއި އެކުރަމުންދާ ބުރަ މަސައްކަތަކީ ގައުމީ ޖިހާދެއް ކަމަށެވެ.

އެހެންނަމަވެސް ސިޔާސީ ގޮތުން އެ ބޭފުޅުންގެ މައްޗަށް ނުފޫޒު ފޯރާއި ހިސާބަށް ދިއުމުން "ސަޅި" ނޫން ކަމަށް ވިދާޅުވި އެވެ. 

"އަޅުގަނޑަށް އެބަ ފެނޭ މައިމޫނާ ދިގު މުއްދަތަކަށް ޖަލުގައި އޮންނަ މަންޒަރު. އެއީ އެބޭފުޅާ މިހާރު ހަމަ ސިޔާސީ ޕަޕެޓެއްގެ ގޮތުގައި ބޭނުންކޮށްގެން، ފުރަތަމަ ވަރަށް ރަނގަޅަށް މަަސައްކަތްކުރީ. ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން އައީ،"

މީގެ އިތުރުން ވެސް ބޮޗޭ ވަނީ އެޗްޕީއޭގެ އުސޫލުތަކާއި ގުޅިގެން ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން މާބަނޑު އަންހެނުން ވިއްސަން ވެސް ވައްދަނީ ކޮވިޑަށް ޓެސްޓްކޮށްފައި ނަމަވެސް މުޒާހަރާއިން ހައްޔަރުކުރާ މީހުން ގެންގޮސް ގޮޅިއަށް އެތައް ބަޔަކު ތިބި ތަނަކަށް ވައްދަނީ ޓެސްޓްވެސް ކޮށްނުލައި ކަމަށް ވިދާޅުވި އެވެ. 

27%
ކަމުގޮސްފި
27%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް