ads
-----
ފަސް ސިކުންތުގެ ވީޑިއޯއަކުން މަޝްހޫރުވި އަންހެނެއް!
އުމުރުން އެންމެ 19 އަހަރުގެ ޕާކިސްތާނުގެ ދަރިވަރަކު ސޯޝަލް މީޑިއާއަށް ދޫކޮށްލި ފަސް ސިކުންތުގެ ވީޑިއޯއެއް ވައިރަލްވި އެވެ. ޕާކިސްތާނުގެ އުތުރުގައި އޮންނަ ނަތިއާ ގަލީގައި ނަގާފައިވާ މި ވީޑިއޯއަކީ ދަނަންވީރު މޮބީން އާންމުކުރި ވީޑިއޯއެކެވެ.

އެގޮތުން ރައްޓެހިންނާއެކު ސަކަރާތް ޖަހަން އުޅެފައި އޭނާ ނެގި މި ވީޑިއޯއަކީ ވަރަށް ރެންޑަމް ވީޑިއޯއެއް ކަމަށް އޭނާ ބުނެ އެވެ. ބަސްތައް ޕްރޮނައުންސްކުރާ ގޮތުން، ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔައިރު ބޮލީވުޑުގެ ތަރިން ވެސް ވަނީ އެ ގޮތަށް ވާހަކަ ދައްކަން މަސައްކަތްކުރާ ވީޑިއޯތައް އާންމުކޮށްފަ އެވެ.

އެގޮތުން، "މިއީ އަހަރެމެންގެ ކާރު. މިއީ އަހަރެމެން. މިތަނުގައި އަހަރެމެންގެ ޕާޓީއެއް ކުރިއަށްދަނީ،" މިހެން ބުނާ މި ވީޑިއޯ އާންމުވެ އަންހެން ކުއްޖާ މަޝްހޫރުވީ "ޕާރީ" ގާލްގެ ނަމުންނެވެ.

އިސާހިތަކު އަންހެން ކުއްޖާ މަޝްހޫރުވެ، މިހާރު އިންސްޓަގްރާމުގައި އެކަނި ވެސް އޭނާ ފޮލޯކުރާ މީހުންގެ އަދަދު 1.3 މިލިއަނަށް އަރަ އެވެ. 

މި ވީޑިއޯ އާންމުކުރުމާއެކު އިންޑިއާއަށް ނިސްބަތްވާ ގިނަ ބަޔަކަށް ވެސް ވީޑިއޯ ކަމުދިޔަ އެވެ. އަދި ޝެއާކުރަމުންދިޔައިރު އެމީހުން ވެސް އެގޮތަށް ވާހަކަ ދައްކަން މަސައްކަތްކުރި އެވެ. އިންޑިއާ އާއި ޕާކިސްތާނަކީ ޒަމާންވީ ހަތުރުން ނަމަވެސް މި ވީޑިއޯއާއެކު އެމީހުން ވެސް އެއް ބަޔަކު އަނެއް ބަޔަކަށް ހީސަމާސާކުރުމުން އުފާވާ ކަަމަށް އަންހެން ކުއްޖާ ބުނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް