ads
ކައިވެނި
ޕާޓީ ބޭއްވުން މަނަޔަސް "ވަގަށް" ޕާޓީ ބާއްވާ!
ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ، އެޗްޕީއޭ އިން ވަނީ ޕާޓީތަކާއި ހަފްލާތަކާއި އެއްވުންތައް ބޭއްވުން މަނާކޮށްފަ އެވެ. އެކަމަކު އެއީ މަނާކަމެއްގެ ގޮތުގައި އޮތަސް، ވަގަށް ކައިވެނީގެ ޕާޓީތައް ބާއްވަމުން އަންނަ މީހުން ވަކި މަދެއް ނޫނެވެ.

ގާތް މީހުންގެ ވާހަކަތަކާއި އަދި އަމިއްލައަށް ފެނިފައިވާ ބައެއް މަންޒަރުތަކުން މިކަން ވަރަށް ފޯރީގައި ކުރަމުންދާކަން އެނގެ އެވެ. އެގޮތުން އިންސްޓަގްރާމު ސްޓޯރީ މެދުވެރިކޮށް ބައެއް މީހުން އެމީހުންގެ ކައިވެނީގެ ހަފްލާ މިދަނޑިވަޅުގައި ވެސް ވަރަށް ކުލަ ގަދަކޮށް ބާއްވަމުންދާކަން އެނގެ އެެވެ. 

ކައިވެނީގެ ކުރިން މި ބާއްވާ، ވަލީމާގެ ކަންކަން ވެސް ވަރަށް ފޯރީގައި ކުރިއަށްދާ މަންޒަރު ފެނިގެންދެ އެވެ. މިގޮތަށް ބާއްވާ ހަފްލާތަކުން ފެނިފައިވާ މަންޒަރަށް ބަލާއިރު އެތައް ބަޔަކު ބައިވެރިވުމާއި މާސްކް ނާޅާއި ސަކަރާތް ޖަހާ މަންޒަރު ފެނިގެންދެ އެވެ. 

ކޮންމެއަކަސް، އެއީ މަނާކަމެއްކަމުން، މިކަން ކުރަނީ ހިތުން ވަރަށް ސިއްރުން ނަމަވެސް އިންސްޓަގްރާމަށް މި ދޫކޮށްލާ ވީޑިއޯ އާއި ފޮޓޯތަކުން މި މީހުން ގައިޑްލައިންތަކަށް ބޯނުލަނބާކަން އެނގިގެންދެ އެވެ. 

މީގެ ކުރިން ވެސް ޕާޓީތަކަށް ހުއްދަދީފައިވަނިކޮށް ބޭއްވި ޕާޓީއަކުން ގިނަ ބަޔަކު ޕޮޒިޓިވްވި އެވެ. އަދި ޕާޓީ މަނާކޮށްފައިވާތީ ފުލުހުން އަންނަނީ އެ އިދާރާއަށް ރިޕޯޓްކުރުމުން ޕާޓީތައް އޮތް ތަންތަނަށް ގޮސް އެކަން ހުއްޓުވަމުންނެވެ. އަދި ޕާޓީ ބާއްވާ ރެސްޓޯރަންޓުތައް ވެސް އަންނަނީ ޖޫރިމަނާކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް